ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް
ތަރައްގީގެ މަޝްރޫއުތައް 40 ރަށެއްގައި ބާރަށް ކުރިއަށް!
އިންޑިއާ ކަނޑުގެ މެދުގައި އަޅުގަނޑުމެންގެ ރާއްޖެ ވަކިވަކި ރަށްތަކެއްގެ ގޮތުގައި ލައްވާފައިވާއިރު، އޭގެ ތެރެއިން 185 ރަށުގައި ރައްޔިތުން ދިރިއުޅެމުން އާދެ އެވެ. އެ ރަށްތަކުގައި އުޅޭ ރައްޔިތުންގެ އަބަދުމެ ޝަކުވާއަކަށް ވެފައިވަނީ އެ ރަށްތަކަށް ބޭނުންވާ ތަރައްގީގެ މަޝަރޫއުތައް ނުހިންގި އޮންނަ ވާހަކަ އެވެ.

އެ ރައްޔިތުންގެ ބޭނުންތައް ފުއްދުމަށްޓަކައި ރަށްރަށަށް ކޮންމެހެން ބޭނުންވާ އަސާސީ ތަރައްގީ ނުގެނެސް އޮންނަ އޮތުމަށް ނިމުމެއް ގެނެސްދެއްވާނެ ކަމުގެ ވައުދުވެ ވަޑައިގެންނެވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގަ އެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްތަކަށް އެމަނިކުފާނުވަނީ ދަތުރު ކުރައްވާ އެ ރަށްރަކަށް ކޮންމެހެން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ސާފު ކުރައްވާފަ އެވެ. 

ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ރައީސް ސޯލިހް އަންނަވަނީ ވައުދުފުޅާއި އެއްގޮތަށް ތަރައްގީގެ މަޝްރޫއުތައް ރަށްރަށުގައި ކުރިއަށްގެންދަވަމުންނެވެ. އެގޮތުން ވައުދުތައް ފުއްދުމަށް ސަރުކާރުގެ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަންނަނީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ބުރަކޮށް މަސައްކަތް ކުރަމުންނެވެ. 

މިވަގުތު ވެސް އެމްޓީސީން އަންނަނީ ރާއްޖޭގެ 40 އަށްވުރެއް ގިނަ ރަށުގައި 47 ތަރައްގީގެ މަޝްރޫއުއެއް ކުރިއަށް ގެންދަމުންނެވެ. އެމްޓީސީސީން އެކި ރަށްރަށުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި ބަނދަރުތައް ތަރައްގީ ކުރުމުގެ މަސައްކަތްތަކާއި މަގު ހެދުމުގެ މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ. 

ސޯޅަ އަތޮޅެއްގައި 47 ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްދާއިރު އޭގެތެރެއިން އެންމެ ގިނަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދަނީ ހދ. އަދި ރ. އަތޮޅުގަ އެވެ. އޭގެއިތުރުން ވެސް އެމްޓީސީސީން އަންނަނީ ގިނަ ރަށްތަކެއްގައި މުހިންމު ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށްގެންދަމުންނެވެ. ރައީސް ސޯލިހުގެ ވައުދުފުޅު ބާރަށް ކުރިއަށްގެދިއުމަށް އެމްޓީސީސީން އަންނަނީ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންނެވެ. 

އެމްޓީސީސީން މަޝްރޫއުތަށް ކުރިއަށްގެންދާ އަތޮޅުތައް:

  1. ހއ. އަތޮޅުގައި 4 މަޝްރޫއު
  2. ހދ. އަތޮޅުގައި 5 މަޝްރޫއު
  3. ށ. އަތޮޅުގައި 3 މަޝްރޫއު
  4. ނ. އަތޮޅުގައި 3 މަޝްރޫއު
  5. ރ. އަތޮޅުގައި 5 މަޝްރޫއު
  6. ބ. އަތޮޅުގައި 3 މަޝްރޫއު
  7. ކ. އަތޮޅުގައި 4 މަޝްރޫއު
  8. ވ. އަތޮޅުގައި 2 މަޝްރޫއު
  9. މ. އަތޮޅުގައި 1 މަޝްރޫއު
  10. ފ. އަތޮޅުގައި 1 މަޝްރޫއު
  11. ދ. އަތޮޅުގައި 1 މަޝްރޫއު
  12. ތ. އަތޮޅުގައި 1 މަޝްރޫއު
  13. ލ. އަތޮޅުގައި 3 މަޝްރުއު
  14. ގދ. އަތޮޅުގައި 2 މަޝްރޫއު
  15. ޏ. އަތޮޅުގައި 2 މަޝްރޫއު
  16. އައްޑު އަތޮޅުގައި 4 މަޝްރޫއު

މީގެ އިތުރުންވެސް ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެން މިވީ ދެ އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ 81 ތަރައްގީގެ މަޝްރޫއެއް ނިންމާފަ އެވެ.

ޔަގީންވާކަމަކީ ހުޓުމެއްނެތި ބާރަށް ކުރިއަށް ރައީސް ސޯލިހްގެ ވައުދުފުޅުތައް ފުއްދުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާނެ ކަމެވެ. އަދި ރައްޔިތުންގެ އުންމީދުތަކުގައި ކޮޅުފައިޖަހާނޭ ސަރުކާރަކަށް މިސަރުކާރު ނުވާނެކަން ކަށަވަރެވެ.  

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް