ads
ސްކޫލްގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގެ ތެރެއިން ---
ކެލާ ސްކޫލްގެ މަލްޓި ފާޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް އަންނަ އަހަރަށް ނިމޭނެ
ހއ. ކެލާ މަދަރަސަތުލް ޝައިހް އިބްރާހީމް މަލްޓި ފާޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ނިންމަން ބަޔަކާއި ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ޕެންސާރޭ މޯލްޑިވްސް އިން އެ ސްކޫލްގެ މަލްޓި ފާޕަސް ހޯލް އިމާރާތްކުރުމަށް ހުށަހަޅާފައިވަނީ  5.7 މިލިއަން ރުފިޔާއަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެމިނިސްޓްރީން ބުނީ އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމަސައްކަތް 177 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށާއި 2021 ވަނަ އަހަރުގެ މެއިމަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން އެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަދި ޕެންސާރޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން އަހުމަދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް