ads
ގޮންގް ޔޫ އަދި ލީސާ--
ގޮންގް ޔޫ އާއި ލީސާއަށް އެކަކު އަނެކަކު ވަރަށް ކަމުދޭ
ކޭޕޮޕް ބޭންޑު "ބްލެކްޕިންކް" ގެ މެމްބަރު ލީސާއަށް އެންމެ ކަމުދަނީ ކޮރެއާ އެކްޓަރު ގޮންގް ޔޫ ފަދަ މީހުން ކަމަށް އޭނާ ވަނީ މީގެ ކުރިން ބުނެފަ އެވެ.

ލީސާ ބުނެފައިވާ ގޮތުގައި "ގޮބްލިން" ގައި ގޮންގް ޔޫގެ ކެރެކްޓަރު އޭނާއަށް ވަރަށް ކަމުދެ އެވެ. ލީސާސްގެ އިތުރުން އެ ބޭންޑުގެ ރޯޒް އަދި ޖިސީއަށް އުމުރުން 41 އަހަރުގެ ގޮންގް ޔޫ ވަރެއް ނެތެވެ.

ގޮންގް ޔޫ މި ވަގުތު އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސިއޯ ބޮކް" ޕްރޮމޯޓު ކުރުމަށެވެ. އެގޮތުން އޭނާ ވަނީ ކޭބީއެސް2 ޗެނަލްގެ ޝޯއަކަށް އަރާފަ އެވެ. 

"އެންޓަޓައިންމެންޓް ރިލޭ ލައިވް" ގައި ގޮންގް ޔޫ ބުނީ އޭނާއަށް އެންމެ ކަމުދަނީ ލީސާ ކަހަލަ އަންހެނުން ކަމަށެވެ. އަދި އޭނާގެ އޮޓޯގްރާފަށް ލީސާ އެދުނު ކަމަށާއި، އޮޓޯގްރާފް ފޮނުވަދިން ކަމަށް ބުންޏެވެ. 

"ސިއޯ ބޮކް" ގައި ގޮންގް ޔޫގެ އިތުރުން "ރެކޯޑް އޮފް ޔޫތު" ގެ ތަރި ޕާކް ބޯ ގަމް ވެސް އުޅެ އެވެ. އެ ފިލްމު ކޮރެއާގައި ނެރޭނީ ޑިސެމްބަރު 2 ވަނަ ދުވަހު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް