ads
ފަތުރުވެރިން---
ހަތަރު ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ
ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް 40،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައުމާއެކު ޖުމްލަ ފަތުރުވެރިންގެ އަދަދު 400،000 އަށް ވުރެ މަތިވެއްޖެ އެވެ.

ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް މިހާތަނަށް 44،365 ފަތުރުވެރިން އައިސްފައިވާ އިރު، މާޗް މަހުގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން 382،760 ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން އިއްޔެ އާންމުކުރި ތަފާސްހިސާބު ތަކުން ދައްކަ އެވެ.

އެގޮތުން ބޯޑަރު ހުޅުވާލިތާ ފުރަތަމަ ފަނަރަ ދުވަހު 1،701 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، ޖެހިގެން އައި އޮގަސްޓް މަހު ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދު ވަނީ ހަތަރު ގުނަ އިތުރުވެފައެވެ. އެގޮތުން އޮގަސްޓް މަހު އެކަނިވެސް 7،628 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އޮގަސްޓް މަހު 7،628 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، ސެޕްޓެމްބަރު މަހު މި އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، މިއީ އޮގަސްޓް މަހާއި އަޅާ ބަލާއިރު 1،910 ފަތުރުވެރިން އިތުރު އަދަދެކެވެ.

ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު، އޮކްޓޯބަރު މަހު ވެސް ފަތުރުވެރިން އައި އަދަދު ވަނީ ބޮޑު ތަނުން އިތުރުވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއަށް 21،515 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. އަދި ނޮވެމްބަރު މަހުގެ ފުރަތަމަ ހަތަރު ދުވަހުވެސް ރާއްޖެއަށް 3،983 ފަތުރުވެރިން އައިސްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 427،212 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، ޓޫރިޒަމް މިނިސްޓްރީ އިން ވަނީ މި އަހަރު ނިމުމުގެ ކުރިން 500،000 ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފައިފައެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް