ads
ފްރާންސްގެ މަގުމަތީގައި އަންހެނަކު މާސްކް އަޅައިގެން. ފޮޓޯ: އަންޑަލޫ އޭޖެންސީ
ފްރާންސްގެ ހާލަތު ގޯސްވަނީ، އިއްޔެވެސް 60،000 ކޭސް
ޖެހިޖެހިގެން ދެވަނަ ދުވަހު ފްރާންސްގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ އެވެ.

އިއްޔެ އެކަނިވެސް ފްރާންސް އިން 60،486 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، އޭގެ ކުރީ ދުވަހު 58،046 މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ. މިއީ މިހާތަނަށް ފްރާންސްގައި އެންމެ ގިނަ އަދަދަކަށް ކޮވިޑް ކޭސްތައް ރެކޯޑް ކުރެވުނު ދެ ދުވަހެވެ.

ފްރާންސް އިން ވަނީ އެގައުމުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށްޓަކައި ދެވަނަ ފަހަރަށް ފުރަބަންދަކަށް ގޮސްފައެވެ. އެއް މަސްދުވަހުގެ ނިޔަލަށް އިއުލާންކޮށްފައިވާ މި ފުރަބަންދުގެ ދަށުން ޒަރޫރީ ބޭނުންތަކާއި ސިއްހީ ބޭނުންތައް ފިޔަވައި ބޭކާރު ގޮތުގައި ގެއިން ނުކުތުން ވަނީ މަނާކޮށްފައެވެ.

ފުރަބަންދުގެ ދަށުން ކޮންމެހެން މުހިއްމު ނޫން ވިޔަފާރިތައް ކުރާ ފިހާރަތަކާއި ރެސްޓޯރަންޓްތައް ބަންދުކުރަން އަންގާފައިވާ އިރު، ސްކޫލްތަކުގެ ކިޔެވުން އަދިވެސް ކުރިއަށްދާނެ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ފްރާންސްގައި މިހާތަނަށް 1.66 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، ކޮވިޑް ޖެހިގެން އެ ގައުމުން 39،865 މީހުން ވަނީ މަރުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް