ads
ސުޕްރީމް ކޯޓު--- ފޮޓޯ: ސީއެންއެމް
ޑީއާރުޕީން ހަބް ކުންފުންޏަށް ދައްކަން ޖެހޭ ފައިސާގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ހަބް ކުންފުންޏަށް ދައްކަންޖެހޭ ހަތް ލައްކައަށްވުރެ ގިނަ ފައިސާގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާއަށް ސްޕްރީމް ކޯޓުން ތާވަލުކޮށްފި އެވެ.

އެމައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 11:00 އަށެވެ.

ހަބް ކުންފުންޏަށް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީީ 2014 ވަނަ އަހަރު އެވެ. އެއީ އެ ޕާޓީން އެކި ފަހަރު މަތިން ހަބް ކުންފުނިން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ނުދެއްކުމުން އެ ކުންފުނިން އެމައްސަލައިގައި ދައުވާ ކުރުމުންނެވެ. ސިވިލް ކޯޓުން ކުރި އެހުކުމަށް ހައި ކޯޓުން ވެސް 2015 ވަނަ އަހަރު ތާއީދުކުރި އެވެ. 

އޭގެފަހުން ޑީއާރުޕީން މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އިސްތިއުނާފުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކުރިއިރު މީގެކުރިން ސިވިލް ކޯޓުން ކުރި ހުކުމާއި އެއްގޮތަށް ޑީއާރުޕީން ފައިސާ ދައްކާފައި ނުވާތީ، ހަބް ކުންފުނިން ވަނީ އެ ހުކުމް ތަންފީޒު ކޮށްދޭން އެދި ސަވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް ޑީއާރުޕީން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާތީ ސިވިލް ކޯޓުން އެފަހަރު ނިންމީ އެ ހުކުމް ތަންފީޒުކޮށް ދެވެން ނެތް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް