ads
ކަމަލާ ހެރިސް---
އެމެރިކާގެ އިންތިހާބު: ކަމަލާ ތާރީހުގެ ތެރެއަށް!
ވާދަވެރި އިންތިހާބަކަށް ފަހު އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަން އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމާއިއެކު ރަނިންމޭޓް އަދި ކެލިފޯނިއާގެ ސެނެޓް މެމްބަރު ކަމަލާ ހެރިސް ވެގެން ދަނީ ދުނިޔޭގެ ތާރީހުގައިވެސް އެންމެ ފުރަތަމަ ކަޅު ނަސްލުގެ އިންޑިއަން-އެމެރިކަން އަދި އޭޝިން، ފުރަތަމަ އަންހެން ނައިބު ރާއީސްއަށެވެ.

ފުރަތަމަ ފަހަރަށް އިންތިހާބަކުން ކާމިޔާބު ހޯއްދެވި ކުލައިގެ އަންހެން ނައިބު ރައީސްގެ ގޮތުގައި ބޭރުގެ ރިޕޯޓްތަކުން ސިފަކުރަމުންދާ ހެރިސް ވެގެންދާނީ ފުރަތަމަ ފަހަރަށް ނަސްލީ ތަފާތު ކުރުންތައް ނައްތާލާ އަދި ކަޅު ނަސްލުގެ މީހުން ތަމްސީލް ކުރާ ނައިބު ރައީސްއެއް ގޮތުގައި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ހެރިސްއަކީ ކަޅު ނަސްލުުގެ އަދި ސައުތު އޭޝިން އަށް ނިސްބަތް ވާ ފުރަތަމަ އިންޑިއަން އެމެރިކަން އަންހެން ނައިބު ރައީސްއެވެ. ހެރިސް ވަނީ 2017 ވަނަ އަހަރުން ފެށިގެން ކެލެފޯނިއާގެ ސެނެޓް ތަމްސީލް ކުރައްވާފައެވެ. 

ބައިޑަން ރައީސް ކަމަށް ހޮވުމާއިއެކު އެމެރިކާގެ ގިނަ ސްޓޭޓްތަކަކުން ރައްޔިތުން މަގުތަކަށް ނިކުމެ ދަނީ އުފާ ފާޅުކުރަމުންނެވެ. އުފާ ފާޅުކުރުންތައް ޗިކާގޯއާއި އެޓްލަންޓާގެ އިތުރުން ނިޔޯކް ސީޓީއިންވެސް ދަނީ ބާއްވަމުންނެވެ. 

އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ރައީސް ޓްރަމްޕް ވަނީ މި ނިންމުން ގަބޫލްކުރުމަށް ދެކޮޅު ހަދާ އިންތިހާބު އަދި ނިމުމާއި ގާތްވެސް ނުވާކަަމަށް ބުނެފައެވެ. ބޮޑެތި ސިޓީތަަކުން ބޮޑު ކާމިޔާބީއެއް ހޯދެއްވުމަށް ފަހު ބައިޑަން އިންތިހާބު ކާމިޔާބު ކުރެއްވިއިރު ޓްރަމްޕް ގެންދަވަނީ ވޯޓު އޮޅުވާލިކަމުގެ ތުހުމަތުކުރައްވަމުންނެވެ. އަދި އަންނަ ހަފްތާގައި ކޯޓަށް އެ މައްސަލަ ގެންދާނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.  

ބައިޑަން އިންތިހާބް ކާމިޔާބު ކުަރައްވާފައިވަނީ ފެންސެލްވޭނިއާގެ ވޯޓަތަކުން ކުރި ހޯއްދަވާ ރައީސް ކަމަށް ވަޑައިގަތުމަށް އިތުރަށް ބޭނުންވާ 270 އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރައްވައިގެންނެވެ. ބައިޑެންއަށް މި ނަތީޖާ ކަށަވަރުވުމާއިއެކު ހަތަރު އަހަރުގެ އެއް ދައުރަށް ފަހު މިހާރު ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ ޖެނުއަރީ މަހު މަގާމުން ދުރުވާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް