ads
ޓްރަމްޕް--
28 އަހަރަށްފަހު ދެވަނަ ދައުރެއް ކާމިޔާބުނުވީ ޓްރަމްޕަށް!
ރައީސް ޑޮނާލްޑް ޓްރަމްޕް، ބަލި ކުރައްވާ ޖޯ ބައިޑެން މިވަނީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ އެގައުމުގެ 46 ވަނަ ރައީސްއަށް ވެވަޑައިގެންފަ އެވެ.

ރައީސް ޓްރަމްޕް އަދިވެސް ބަލި ގަބޫލުނުކުރެއްވި ނަމަވެސް ފުރަތަމަ ދައުރަކާއެކު ޓްރަމްޕަށް ރައީސްކަމުން ފައިބައިވަޑައިގަންނަވަން ޖެހިފައި މިވަނީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ކޮލެޖު ވޯޓަށް ވުރެ އިތުރަށް ބައިޑަންއަށް ވޯޓު ލިބިވަޑައިގަތުމާއެކު އެވެ.  

ބައިޑަން، ރައީސްކަމުގެ ހުވާކުރައްވާނީ އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.

ކޮންމެއަކަސް، ވާދަވެރި އިންތިހާބަކަށް ފަހު، ޓްރަމްޕަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައިވާއިރު ޓްރަމްޕްވެފައި މިވަނީ 28 އަހަރަށް ފަހު، އެމެރިކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިނުގަތް ފުރަތަމަ ރައީސް އަށެވެ. 

ތާރީހަށް ބަލާއިރު މީގެ 28، އަހަރުކުރިން، އެ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތީ، ޖޯޖް އެޗް ޑަބްލިއު ބުޝް އަށެވެ. 1992 ވަނަ އަހަރުގެ އިންތިހާބުގައި ބުޝް ބަލި ކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވީ ބިލް ކްލިންޓަން އެވެ. 

އެމެރިކާގައި ކޮންމެ ރައީސް އަކަށް ވެސް ހަތަރު އަހަރުގެ ދެ ދައުރު ފުރުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު ޓްރަމްޕްގެ ކުރިން ދިހަ ރައީސް އަކަށް ފުރަތަމަ ދައުރަކާއެކު އަލްވަދާއު ކިޔަން ޖެހުނެ އެވެ. އޭގެ ތެރޭގައި ޖޯން އެޑަމްސް އާއި ޖޯން ކުއިންސީ އެޑަމްސް އަދި ވިލިއަމް ހަވާޑާއި މާޓިން ބުރެން ހިމެނިވަޑައިގަންނަވަ އެވެ. 

ޓްރަމްޕަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތަސް ބައިޑަން ވަނީ ތާރީހުގެ ތެރެއަށް ގޮސްފަ އެވެ. އެގޮތުން 74 މިލިއަނަށް ވުރެ ގިނަ ވޯޓާއެކު ބައިޑަންވެވަޑައިގެންފައި މިވަނީ އެމެރިކާގެ ތާރީހުގައި ވެސް ރައީސް އަކަށް ލިބިވަޑައިގަތް އެންމެ ގިނަ ވޯޓު ހޯއްދެވި ބޭފުޅާއާ އެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް