ads
ސައުތް އޭޝިއަން ގޭމްސްގެ ތެރެއިން--
15 މީހުންނަށް ވުރެ ގިނަ ނުވާގޮތަށް ކުޅިވަރު ބަލަންދެވޭނެ: އެޗްޕީއޭ
ވީހާވެސް ބޮޑަކަށް އެކަކު އަނެކަކާއި ކޮންޓެކްޓްވުން މަދުކުރުމުގެ ގޮތުން އެޅި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކުޅިވަރު ޓޯނަމެންޓްތަކާއި ކުޅިވަރު ޓީމްތަކުގެ ޕްރެކްޓިސްތަށް ނުބޭއްވޭގޮތައް އޮތް އޮތުން ބަދަލުކޮށް ކުޅިވަރުތަކަށް ދަނޑުތައް އަލުން ހުޅުވާލައިފި އެވެ.

އެޗްޕީއޭއިން ބުނީ ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރިތައް މިއަދުން ފެށިގެން ކުޅެވޭނެކަމަށެވެ. ކުޅިވަރުތައް ކުޅުމަށް ހުއްދަ ދީފައިވާއިރު އަމަލުކުރަަންޖެހޭ އުސޫލްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން 15 މީހުންނަށް ވުރެ ގިނަ ނުވާގޮތަށް ކުޅިވަރު ބަލަންދެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް އުސޫލްގައި ވާގޮތުން ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ކުޅެން ނުދިއުމާއި ކުޅިވަރު ބަލަންދާއިރު މާސްކް އަޅާ އެހެން ގްރޫޕް ތަކާއި ދެމެދު ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށް ސަމާލުކަން ދިނުމުގެ އިތުރުން ބޭރަށް ނުކުންނައިރު ހޭންޑް ސެނިޓައިޒާ ގެންދިއުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

މި އުސޫލްތަކުގެ ތެރެއިން 15 މީހުންނަށް ވުރެ ގިނަ ނުވާނެ ގޮތަށް މީހުން އެއްވެ އުޅެވޭނެ ގޮތަށްވެސް ނިންމާފައިވާއިރު ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ފްލޫ ކްލިނިކަށް ދާން މެނުވީ ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައިވެއެވެ.

އޭގެ އިތުރުން ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުކުރާއިރު ހުރިހާ ވަގުތެއްގައިވެސް މާސްކު އެޅުން އަދިވެސް މަޖުބޫރުވާނެކަމަށް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް