ޕްރިޔަންކާ ޗޯޕްރާ އާއި ޖެނިފަ އެނިސްޓަން އަދި ސޯފީ ޓާނާ އާއި ޖެނިފަ ލޮޕޭޒް ފަދަ ތަރިން ވަނީ ބައިޑެންއަށް މަރުހަބާ ކިޔާފަ އެވެ.
ކުރީގެ ނައިބު ރައީސް އަދި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑެން ކުރި ހޯއްދެވީ މިހާރުގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕާ ވާދަކޮށްގެންނެވެ.
ޖެނިފަ ލޮޕޭޒް ވަނީ އުފާފާޅުކުރުމުގެ ގޮތުން އޭނާ ނަށާ ވީޑިއޯއެއް އިންސްޓަގްރާމުގައިި ހިއްސާކޮށްފަ އެވެ. ޕްރިޔަންކާ ވަނީ ޓީވީން ދެއްކި އިންތިހާބުގެ ނަތީޖާގެ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.
އޭގެ އިތުރުން ފިލްމު އުފައްދާ ކޮމީޑިއަން ޖޯޑަން ޕީލް އާއި ލަވަކިޔުންތެރިޔާ މައިލީ ސައިރަސް ފަދަ ތަރިން ވެސް ވަނީ ޖޯ ބައިޑެންގެ ކާމިޔާބީއަށް މަރުހަބާ އަދާކޮށްފަ އެވެ.