ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް--
އިތުރު 10 އެއާލައިނުން ރާއްޖެއަށް ދަތުރު ފަށަނީ
އިތުރު 10 އެއާލައިނަކުން ރާއްޖެއަށް ދަތުރު ފަށަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންސް އާއި ނޯޑްވިންޑް އާއި އަޒުރްއެއާ ރަޝިއާ ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ. 

އަދި އެއާ ސީޝެލްސް އާއި، އެއާ ފްރާންސް، އަލިޓާލިއާ އާއި އުޒުރު ޔޫކްރެއިން އަދި ކޮރެއަން އެއާގެ އިތުރުން ނިއޯ ސްޕާ އަދި ގަލްފް އެއާގެ ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ. 

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިހާތަނަށް 15 އެއާލައިނަކުން ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާފަ އެވެ. 

ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން 31 އޮކްޓޫބަރުގެ ނިޔަލަށް ރާއްޖެ އައިސްފައިވާ އެއާ ލައިންތައް: 

  • އެެއިރޯފްލޮޓް
  • އެއާ އިންޑިއާ
  • އެޑްލްވެއިސް
  • އެމިރޭޓްސް
  • އިއްތިހާދް އެެއާވޭސް
  • އިންޑިގޯ
  • ގޯއެއާ
  • ގަތަަރު އެއާވޭސް
  • ސްރީލަންކަން އެއާވޭސް
  • ތުރުކިޝް އެއާވޭސް
  • ބްރިޓިޝް އެއާވޭސް
  • އެޑްލްވިސް
  • ސްޕައިސް ޖެޓް
  • ޓާކިޝް އެއާލައިންސް
  • އޮސްޓްރިއަން އެއާލައިންސް

މި އެއާލައިންތަކުން ޖުމުލަ 52,853 ދަތުރު ރާއްޖެއާއި ދެމެދު ބާއްވާފައިވާއިރު ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ދަތުރުތައް ބާއްވާފައި ވަނީ އެމިރޭޓްސް އިންނެވެ. އެ އެއާވޭސްއިން 194 ފަހަރެއްގެ މަތިން ޖުމުލަ 16,276 ދަތުރު ރާއްޖެއާއި ދެމެދު ކޮށްފައި ވެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް