މާލޭ ސިޓީގެ މޭޔާ ޝިފާ މުހައްމަދު--
ޝިފާގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމަނީ
Share
މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވި މައްސަލައިގައި ގޮތެއް ނިންމަން ތައްޔާރުވެއްޖެ އެވެ.
Advertisement

ރޭ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ޕްރޮސެކިއުޓާ ޖެނަރަލް، ހުސެއިން ޝަމީމް ވިދާޅުވީ ޝިފާއަކީ އާއިލީ ބޭފުޅެއްކަމުން އެ މައްސަލައިން ތަނާޒުލްވެފައިވާ ކަމަށެވެ. އަދި މައްސަލައާ މެދު ގޮތެއް ނިންމުން ޑެޕިއުޓީ ޕީޖީއާ ހަވާލުކުރައްވާފައިވާއިރު އެ މައްސަލަ ލަސްވާ ސަބަބު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. 

އެހެންނަމަވެސް މި ހަފުތާގެ ތެރޭގައި އެ މައްސަލައާ ގުޅިގެން ގޮތެއް ނިންމޭނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

ޝިފާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީކޮށްފައިވާ ޕާކްގެ މައްސަލައިގައި އޭސީސީން ތަހްގީގު ކުރި މައްސަލައާއި ގުޅިގެންނެވެ. އޭސީސީން ބުނެފައިވަނީ ޝިފާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ށ (ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާތީ ކަމަށެވެ.  

އޭސީސީ އިން ބުނެފައިވަނީ ޕާކު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ހިމެނޭ ދެ ފާހަނަބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަންސް އާ ހަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުސޫލަކުން ނޫންކަން ތަހްގީގަށް ފާހަގަކުރެވޭ ކަމަށެވެ.  

އެގޮތުން، ފުރަތަމަވެސް އެ ކުންފުނިން އެކަނި ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ ހުއްދަ ނުދީ ކައުންސިލް އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް ފިނޭންސް މިނިސްޓްރީން އެންގުމުން ތިން ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅި ނަމަވެސް އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރުވާފައިވާކަން އިނގޭކަމަށް އޭސީސީން ބުނެފައިވެ އެވެ. 

އަދި ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، އަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ޝިފާއަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔަރު ޝިފާ ކަން އެ ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ. 

އޭގެއިތުރުން، އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށާއި އެހެންކަމުން މަސައްކަތުގެ ތަފްސީލް އެނގެން ނެތްކަމަށެވެ. އަދި ޖުމުލަ ތިން މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރު ޝިފާ ބިޑް ކޮމިޓީގައި އެދިފައިވާއިރު، މަސައްކަތް ފެށިކަމަށް ބުނާ ތާރީހުގެ ފަހުން ވެސް އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި މޭޔަރު ޝިފާ ބިޑް ކޮމިޓީއަށް 21 އޮކްޓޫބަރު 2019 ގައި މެމޯ ފޮނުވާފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. 

އޭސީސީން ބުނެފައިވަނީ ބިޑްކުރުމަކާ ނުލާ އަދި އެއްބަސްވުމަކާ ނުލާ އަމިން ކޮންސްޓްރަކްޝަންއަށް މޭޔަރު ޝިފާ މަސައްކަތް ހަވާލުކޮށްފައިވަނީ އެ ކުންފުންޏަށް ނާޖައިޒު ފައިދާއެއް ހޯދައިދިނުމަށް ކަން ތަހުގީގަށް ލިބިފައިވާ ހެކިތަކުން އިނގޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް