އެ އެއާޕޯޓް ހެދުމަށް ޖޫން 2013 ގައި ސަރުކާރުން ސޮއިކުރީ އަރާމް ޓްރެވަލްސް އާއެކު އެވެ. 25 އަހަރަށް ހެދި އެއްބަސްވުން ބާތިލްކުރީ އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ވެދާނެތީ އެވެ.
އޭގެ އިތުރުން ގއ. އިންނަހެރާ އާއި އެރަށާ ގުޅިފައިވާ ރަށްތަކުގައި ރިސޯޓް ހަދަން 50 އަހަރަށް އަރާމް ޓްރެވަލްސްއަށް ކުއްޔަށް ދިިނުމުގެ އެއްބަސްވުން ވެސް ބާތިލް ކުރި އެވެ.
އެއްބަސްވުން ބާތިލްކުރުމުގެ ލިބުނު ގެއްލުން ހޯދަން ދައުވާ ކުރުމުން ސިވިލް ކޯޓާއި ހައި ކޯޓުން ބުނީ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ.
އެ މައްސަލައިގެ އިސްތިއުނާފް ސުޕްރީމް ކޯޓުގައި ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދެވެ.