ads
ކެންސަރު ސޮސައިޓީ އަށް ބީއެމްއެލް އިން ދޮޅުލައްކަ ރުފިޔާ ހަދިޔާކުރުމުގެ ތެރެއިން--- ފޮޓޯ: ބީއެމްއެލް
ބީއެމްއެލުން ކެންސަ ސޮސައިޓީއަށް ދޮޅު ލައްކަ ރުފިޔާ ހަދިޔާކޮށްފި
ދައުލަތުގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެންސަރު ސޮސައިޓީ އަށް ދޮޅުލައްކަ ރުފިޔާ ހަދިޔާކޮށްފި އެވެ.

ކޮންމެ އަހަރަކުވެސް ކެންސަރު ސޮސައިޓީ އިން އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ "ޕިންކް ރިބަން ރަން ވޯލްކް" ގެ ހަރަކާތަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ވަނީ ކެންސަރު ސޮސައިޓީ އަށް ދޮޅުލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ.

ކެންސަރު ސޮސައިޓީއަށް ދޮޅު ލައްކަ ރުފިޔާ ހަދިޔާކުރެއްވުމަށް ފަހު، ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އާއި ބޭންކްގެ އިސް މުވައްޒަފުން ވަނީ ކެންސަރު ބަލިން ސަލާމަތްވެފައިވާ ފަރާތްތަކާއި، ކެންސަރު ބަލި ޖެހިފައިވާ ފަރާތްތަކާއި ބައްދަލު ކުރައްވާފައެވެ.

އެގޮތުން އެ ބައްދަލުކުރެއްވުމުގައި ކެންސަރު ބަލިން ސަލާމަތްވެފައިވާ ފަރާތްތަކާއި، ކެންސަރު ޖެހިފައިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ވާހަކަތައް ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރާއި ހިއްސާކޮށްފައިވެއެވެ.

ބީއެމްއެލް އިން އަންނަނީ މުޖުތަމައު އަށް ބޭނުންވާ އެކި ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ނަމުގައި ބީއެމްއެލް އިން ތަފާތު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް