ads
މޯލްޑިވްސް މީޑިއާ ކައުންސިލް-- ފޮޓޯ: އެމްއެމްސީ
މީޑިއާ ކައުންސިލްގެ އިންތިހާބަށް 28 ފަރާތަކުން ކުރިމަތިލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިހާބަށް 28 ފަރާތަކުން ކުރިމަތިލައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ 5 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާކަން އިއުލާންކޮށް ހޯމް މިނިސްޓްރީން އާންމުކުރި އިއުލާނުގައި އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓުވެސް ވަނީ އާންމުކޮށްފައެވެ. 

އެގޮތުން އިންތިހާބުގައި މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް 14 ފަރާތަކުން ކުރިމަތިލާފައި ވާއިރު، މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.

މި އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި އަދި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލުކުރައްވާ އެއް ފަރާތަކަށެވެ. 

މީޑިއާ ކައުންސިލުގެ މައިނގަޑު މަސައްކަތަކީ މީޑިއާގެ މިނިވަންކަން ގާނޫނު ތަންދޭ ގޮތުގެމަތިން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދެމެހެއްޓުމެވެ. އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ގާއިމްކޮށް، ދިވެހި މުޖުތަމައު ގަބޫލުކުރާ އަހުލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ގާއިމުކޮށް ދެމެހެއްޓުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް