ads
ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް
ވޫޓް އިންޑިއާއާ ގުޅިގެން ކެމްޕޭން ކުރަނީ
ރާއްޖޭގެ ފަތުރުވެރިކަން އިންޑިއާގައި ޕްރޮމޯޓް ކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންޑިއާގެ ވޫޓް ޕްލެޓްފޯމް އާއި ގުޅިގެން ކެމްޕޭނެއް ފަށައިފިއެވެ.

މި މަހުގެ 6 އިން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭންގެ ދަށުން އިންޑިއާގެ ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ ވޫޓް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތްކުރާނެ ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފައެވެ.

މި ކެމްޕޭންގެ މަގްސަދަކީ މީޑިއާގެ ވަސީލަތްތަކުގެ ބޭނުންކޮށް، އެކި ގައުމުތަކުގައި ރާއްޖެ އިސްތިހާރުކުރުމާއި، ރާއްޖެއާއި މެދު އިންޑިއާގެ ފަތުރުވެރިންގެ ހިތްތަކުގައި ޝައުގުވެރިކަން އުފެއްދުމެވެ. މި ކެމްޕޭން ބޮޑަށް އަމާޒުކުރެވިފައި ވަނީ ނިއު ދިއްލީ، މުމްބާއީ، ހައިދަރުއާބާދު، ޗެންނާއީ، ކޮޗިން، އަދި އަހްމަދުއާބާދުގައި ދިރިއުޅޭ ފަރާތްތަކަށެވެ.

އިންޑިއާގެ އިތުރުން އެމްއެމްޕީއާރުސީ އިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކައި ބޭރުގެ އެހެނިހެން ގައުމުތަކުގެ މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރަމުންނެވެ. އެގޮތުން ސްކައިސްކޭނާ އާއި ގުޅިގެން އިނގިރޭސިވިލާތުގައި ކުރާ ކެމްޕޭނާއި، ސީއެންއެން އާއި ގުޅިގެން ކުރާ ކެމްޕޭން ހިމެނެއެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވާލުމާއި އެކު، "ރީޑިސްކަވާ މޯލްޑިވްސް - ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ނަމުގައި އެމްއެމްޕީއާރުސީ އިން ވަނީ ރާއްޖެއަށް ފަތުރުވެރިންގެ ހިތްތަކުގައި ޝައުގުވެރިކަން އުފެއްދުމުގެ މަގްސަދުގައި ކެމްޕޭނެއް ފަށައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް