ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު- ފޮޓޯ: ރައީސް އޮފީސް
ޓެލެކޮމިއުނިކޭޝަން ހިދުމަތަށް އާ ކުންފުންޏަކަށް ހުއްދަ ދެނީ
ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދިނުމަށް އާ ކުންފުންޏަކަށް އަންނަ އަހަރު ލައިސެންސް ދޭން ނިންމައިފި އެވެ.

އެކަން ހާމަކުރީ 2021 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ބަޔާނުގަ އެވެ. 

އާމްދަނީ އިތުރު ކުރުމުގެ ގޮތުން އާމްދަނީއާ ގުޅުން ހުރި ބައެއް ސިޔާސަތުތަކަށް އަންނަ އަހަރު ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. 

އެގޮތުން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކުރުމާއި ފްރިކުއެންސީ ސްޕެކްޓްރަމް ޗާޖެއް ނެގުމާއި، އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުން ހިމެނޭ ކަމަށް އަމީރު ފާހަގަކުރެއްވި އެވެ. 

ރާއްޖޭގައި މި ވަގުތު ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ފޯރުކޮށްދެމުން ދަނީ ދިރާގާއި އުރީދޫންނެވެ. އޭގެ އިތުރުން އިންޓަނެޓް ދިނުމުގެ ހުއްދަ އާރްއޯއެލް އަށް ދީފައި ވެއެވެ.

ކުރިއަށް އޮތް 2021 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގެ ގޮތުގައި 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު ވަނީ މަޖިލީހަށް ހުށަހަޅައިފި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް