ads
ފިނޭންސް މިނިސްޓްރީ---
މި އަހަރު ރާއްޖޭގެ އިގްތިސާދު 29.3 އިންސައްތަ ދަށަށް ދާނެ: މިނިސްޓަރު އަމީރު
މި އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދު 29.3 އިންސައްތަ ދަށަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މި އަހަރު ނިމޭއިރު 29.3 އިންސައްތައިން ރާއްޖޭގެ އިގްތިސާދު ދަށަށް ދާނެ ކަމަށާއި، މީގެ ކުރިން މިހާ ބޮޑު ވެއްޓުމެއް ނާންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ބޮޑުތަނުން ދަށަށް ގޮސްފައިވާ އިރު، މި ދަށްވުން ވަނީ ދިގުލައިގެން ގޮސްފައި ކަމަށާއި، އޭގެ ސަބަބުން ވަޒީފާތައް މަދުވެ، 10،000 އަށް ވުރެ ގިނަ ރައްޔިތުންގެ ވަޒީފާ އަށް އޭގެ ނޭދެވޭ އަސަރުތައް ކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ސަރުކާރުން އެންމެ ބޮޑަށް މަސައްކަތްކޮށްފައި ވަނީ ކޮވިޑް އާއި ކުރިމަތިލުމަށް ކަމަށާއި، އޭގެ ސަބަބުން އިގްތިސާދު ކުރިން އޮތް ހާލަތަށް އިއާދަކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެފައިވާ އިރު، އަންނަ އަހަރުގައި ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބޭނެ އަދަދު ދަށްވާނެ ކަމަށް މިނިސްޓްރީން ހުށަހަޅާފައިވާ ބަޖެޓްގައި ލަފާކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް