ads
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ____ ފޮޓޯ: ސަން
އަމާޒަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން: މިނިސްޓަރު އަމީރު
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ވަޒީފާތަކަށް އަސަރުކުރުމުގެ ސަބަބުން ސަރުކާރުން އަމާޒުހިފާފައި ވަނީ ރައްޔިތުންނަށާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި 2021 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ވިޔަފާރިތަކަށާއި ރައްޔިތުންނަށް ދިމާވި ދަތި ހާލަތްތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފްކުރެވުނު ކަމަށެވެ.

އެ ރިލީފް ޕެކޭޖްގެ މަގްސަދުތަކަކީ ވަޒީފާތަކާއި ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި، އިޖުތިމާއީ ރައްކާތެރިކަން ޔަގީންކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ކޮވިޑް-19 އާއި ގުޅިގެން ތައާރަފްކުރެވުނު އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން މިހާތަނަށް އެސްޑީއެފްސީ އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ވިޔަފާރިތަކަށް ލޯންގެ ގޮތުގައި 1.1 ބިލިއަން ރުފިޔާގެ އެހީ ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދެވުނު ކަމަށާއި، އެގޮތުން އިންކަމް ސަޕޯޓްގެ ގޮތުގައި 10،000 އަށް ވުރެ ގިނަ ފަރާތްތަކަށް 116.1 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އިގްތިސާދުގެ ކޮންޒަމްޕްޝަން އިތުރުކޮށް ދަށްވިޔަ ނުދީ ހިފެހެއްޓުމުގެ ގޮތުން ގޭބިސީތަކުގެ ފެން ބިލްތަކާއި ކަރަންޓް ބިލްތަކަށް އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ޑިސްކައުންޓްވެސް ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް