ads
ކަނޑިންމަ ރިސޯޓް--
ކަނޑިންމަ ރިސޯޓްގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓައިފި
ޓޫރިޒަމް މިނިސްޓްރީ އިން ކަނޑިންމަ ރިސޯޓަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އެ ރިސޯޓްގެ ހުއްދަ ވަގުތީގޮތުން އަތުލާފައި ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކޮވިޑްގެ ހާލަތުގައި ރިސޯޓްތަކުން އަމަލުކުރަން އަންގާފައިވާ އެސްއޯޕީ އާއި ހިލާފުވެފައިވާ ތުހުމަތުގައެވެ.

އެޗްޕީއޭ އިން ހޯދާފައިވާ ހޯދުންތަކަށް ބަލާއިރު، ކަނޑިންމަ ރިސޯޓުން ބައެއް މައުލޫމާތުތައް ފޮރުވަން އުޅޭކަމަށް އެ އިދާރާއިން ތުހުމަތުކޮށްފައިވެއެވެ.އެ މައްސަލަ ބަލައިދިނުމަށް ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތް މައިމޫނާ އަބޫބަކުރު ފުލުހުން ކިބައިން އެދިވަޑައިގެންފައިވެ އެވެ.

ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން ދާދިފަހުން އެ ރިސޯޓްގައި މަސައްކަތްކުރާ ދިވެއްސެއް ނިޔާވެފައިވާ އިރު، އެކަމާއި ގުޅިގެން އެ ރިސޯޓްގައި ހެދި ކޮންޓެކްޓް ޓްރޭސިންގެ ނަތީޖާ ތަކަށް ބަލައިލާއިރު، 60 މީހުން ވަނީ ކޮވިޑް އަށް ޕޮޒިޓިވްވެފަ އެވެ.

އެގޮތުން ކަނޑިންމަ ރިސޯޓްގައި މަސައްކަތްކުރަމުން ދަނިކޮށް ކޮވިޑަށް ޕޮޒިޓިވްވެ، ހާލު ގޯސްވުމުގެ ސަބަބުން ދ. ކުޑަހުވަދޫ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވަނީ ދިވެއްސެއް ކަމަށްވާ އާދަމް ނަސީރެވެ. އާދަމް ނަސީރުގެ އާއިލާ އިން ބުނާ ގޮތުގައި އޭނާ ބަލިވެގެން ފަރުވާ އަށް ފޮނުވައިދޭން އެދުމުން ރިސޯޓުން ފަރުވާކުޑަކޮށްފައިވާ ކަމަށާއި، އޭނާ ނިޔާވެފައިވަނީ ރިސޯޓުން އޭނާގެ ހާލަތު ސީރިއަސްކޮށް ނުނެގުމުން ކަމަށެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނުންނާއި ފުލުހުން އަންނަނީ މިހާރު މި މައްސަލަ ތަހުގީގް ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް