ads
ކެޓްރީނާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް--
ރާއްޖޭގައި ކެޓްރީނާ ނެގި ފޮޓޯއަށް އާލިއާގެ ތައުރީފު
ކެޓްރީނާ ކައިފް މި ވަގުތު ހުރީ ފޮޓޯޝޫޓަކަށް ރާއްޖޭގަ އެވެ. ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކުރުމަށް ފަހު އޭނާ ބުނީ ރާއްޖެ އާދެވުމުން އުފާވާ ކަމަށެވެ.

އެ ޕޯސްޓަށް ފޭނުންނާއި އެހެން ސެލެބްރިޓީން ވެސް ދަނީ ކޮމެންޓު ކުރަމުންނެވެ. އެގޮތުން އެކްޓްރެސް އާލިއާ ބަޓް ވަނީ ކެޓްރީނާގެ ފޮޓޯއަށް ތައުރީފުކޮށްފަ އެވެ. 

ކެޓްރީނާއަކީ "ބިއުޓީ" އެއް ކަމަށް އާލިއާ ބުނިއިރު، "ތަގްސް އޮފް ހިންދުސްތާނު" އެކްޓްރެސް ފާތިމާ ސަނާ ޝެއިހް ވެސް ހިތުގެ އިމޯޓިކަންތަކުން ރިއެކްޓުކޮށްފަ އެވެ.

ފޮޓޯޝޫޓަކަށް މި ވަގުތު ރާއްޖޭގައި ހުރި ކެޓްރީނާ ވަނީ މީގެ ކުރިން އެތައް ފަހަރަކު ރާއްޖެ އައިސްފަ އެވެ. އެގޮތުން 2005 ވަނަ އަހަރު ސަލްމާން ހާނާއެކު ކުޅުނު ފިލްމެއްގެ ލަވަ ވެސް ރާއްޖޭގައި ޝޫޓުކުރި އެވެ. 

ކެޓްރީނާ ދެން އެންމެ އަވަހަށް ފެންނާނީ އިޝާން ހަޓާ އާއެކު ހޮރޯ ކޮމެޑީ "ފޯން ބޫތު" އިންނެވެ. އެ ފިލްމުގައި ސިދާންތް ޗަޓުރްވެދީ ވެސް އުޅޭއިރު މި މަހު ޝޫޓިން ފަށާނެ ކަމަށް ވެއެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް