ads
ކަރީނާ އާއި ސައިފް ތައިމޫރާއެކު--
ދެވަނަ ދަރިފުޅަށް ބަލިވެ އިން ކަރީނާގެ މެޓާނިޓީ ސްޓައިލް ވަރަށް ފުރިހަމަ!
ބޮލީވުޑުގެ ތަރި ކަރީނާ ކަޕޫރަކީ އިތުރު ތައާރަފަކަށް ބޭނުން ނުވާ ފަދަ މަޝްހޫރު ތަރިއެކެވެ. އޭނާ މިވަގުތު އިނީ ދެވަނަ ދަރިފުޅަށް ބަލިވެ އެވެ.

އެކްޓަރު ސައިފް އަލީ ހާންއާ ކައިވެނިކޮށްގެން އުޅޭ ކަރީނާ ދެވަނަ ދަރިފުޅަށް ބަލިވެއިން އިރު، ދޭތެރެ ދޭތެރެއިން އޭނާ ބޭރަށް ނިކުމެ އުޅޭ ފޮޓޯތައް މީޑިއާއަށް އަރަ އެވެ.

އެގޮތުން އިއްޔެ ކަރީނާ ވަނީ އޭނާގެ ޓޯކްޝޯގެ ޝޫޓިންއަށް ދިޔުމަށް ގެއިން ބޭރަށް ނިކުމެފަ އެވެ. ސްޓޫޑިއޯގެ ބޭރުން އޭނާ ފެނުނުއިރު، ހުރީ ރީތި ހުދު ކުލައިގެ ހެދުމެއްގަ އެވެ. 

your imageކަރީނާ ކަޕޫރު--

your imageކަރީނާ ކަޕޫރު--

އަންނަ އަހަރުގެ ކުރީކޮޅު ކަރީނާ ވިހާނެ ކަމަށް ބެލެވޭއިރު، އޭނާ އަދިވެސް ދަނީ އެކި މަސައްކަތްތަކުގައި އުޅެމުންނެވެ. 

އެގޮތުން ހޮލީވުޑުގެ އެކްޓަރު ޓޮމް ހޭންކްސްގެ ފިލްމު "ފޮރެސްޓް ގަމްޕް" ގެ ހިންދީ ރީމޭކް "ލާލް ސިންގް ޗައްދާ" ގައި އާމިރް ހާނާއެކު އުޅޭނީ އޭނާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް