ads
އެމްސީއެސް---
އެމްސީއެސްގެ އީސާވިސް ޕޯޓަލް ތައާރަފްކޮށްފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ހިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދޭ އެސޯސިއޭޓެޑް ޓޯޓަލް އޮފެންޑާ މެނޭޖްމަންޓް ސާވިސް (އެޓަމްސް) އީ-ސާވިސް ޕޯޓަލްގެ ޓަރައިލް ވާޝަން ތައާރަފްކޮށްފި އެވެ.

މިއަދު ހެނދުނު އެމްސީއެސް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ޕޯޓަލް ތައާރަފްކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އެ ޕޯޓަލް މިއަދު ޓްރައިލްގެ ގޮތުގައި ތައާރަފްކުރެވޭ އިރު، އާންމުންގެ ބޭނުމަށް ހުޅުވާލާނީ ނޮވެމްބަރު 20 ވަނަ ދުވަހުއެވެ.

އެޓަމްސް އީ-ސާވިސް ޕޯޓަލްއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން އާންމު ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލްއެކެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލުން ބޭރުގައިވާ އާއިލާއާއެކު ގާތްގުޅުމެއް ބޭއްވުމަކީ ގައިދީން ރީހެބިލިޓޭޓްކުރުމަށް ކުރާ މަސައްކަތަށް ވަރަށް މުހިއްމު ކަމެއްކަމަށެވެ. އަދި މީގެ ކުރީގައި ގައިދީންގެ އަތޮޅުތެރޭގައި ތިއްބަވާ އާއިލާތަކަށް ބައްދަލުވުންތަކަށް މާލޭގައި ހުރި ފަރާތެއްގެ އެހީތެރިކަމާނުލައި ރިކުއެސްޓްކުރަން ދަތިވީ ނަމަވެސް، މި ހިދުމަތް މެދުވެރިކޮށް އެފަރާތްތަކަށް އޮންލައިންކޮށް ކޮންމެ ތާކު ތިއްބެގެންވެސް ރިކުއެސްޓް ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ. 

ކޮމިޝަނަރު އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ އީ-ސާވިސް ޕޯޓަލް ތައާރަފްކުރުމުން އާންމުންނަށް އެމްސީއެސްގެ ހިދުމަތްތައް ހޯދުމަށް ވަރަށް ބޮޑު ލުއި ފަސޭހަ ވެގެންދާނެކަމަށެވެ. މީގެ އިތުރުން މުވައްޒަފުންގެ މަސައްކަތް މިހާރަށް ވުރެ އެފިޝަންޓްވެ، މަސައްކަތް އަވަސްވެގެންދާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

އެ ޕޯޓަލް ފަރުމާކުރެވިފައިވާ ވަނީ ދެ ބަޔަކަށެވެ. އެއީ އާންމު ރައްޔިތުންނަށް ހިދުމަތްތަކަށް އެދުމަށް ހުޅުވާލެވިފައިވާ ޕަބްލިކް ޕޯޓަލްއަކާއި އެމްސީއެސްގެ މުވައްޒަފުންގެ ބޭނުންތަކަށް ތައްޔާރުކުރެވިފައިވާ އެޑްމިން ޕޯޓަލްއެކެވެ. ޕަބްލިކް ޕޯޓަލްއިން ހިދުމަތްތަކަށް އެދުމުން އެޑްމިން ޕޯޓަލް މެދުވެރިކޮށް އޮފިސަރުނަށާއި މުވައްޒަފުންނަށް ކުރިއަށްވުރެ އަވަސް މުއްދަތެއްގައި ރިކުއެސްޓްތައް ޕްރޮސެސްކޮށް ހަމަޖެހިގެންދާނެކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

އެގޮތުން އެ ޕޯޓަލް މެދުވެރިކޮށް ބައްދަލުވުންތަކަށް އެދޭ ފަރާތްތަކުގެ ރިކުއެސްޓްތައް ޗެކް ކުރުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކަށް އެއް ދުވަހުގެ ތެރޭގައި ބައްދަލުވުމާ ބެހޭ މައުލޫމާތު ލިބިގެންދާނެކަމަށާއި  ހަމައެގޮތަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް ރިކުއެސްޓް ރިޖެކްޓް ކުރުވުނު ކަންވެސް އެއް ދުވަސް ތެރޭގައި އެންގޭނެ ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

އެޓަމްސް އީ-ސަރވިސް ޕޯޓަލް މެދުވެރިކޮށް އެމްސީއެސްގެ އިސްވެރިންނާއި އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އޮންލައިންކޮށް އެދެވޭނެއެވެ. ގައިދީންނާއި ބަންދުމީހުންނާ ބައްދަލުވުމަށް އެދެވޭނީ އެފަރާތްތަކުގެ ގާނޫނީ ވަކީލުންނަށާއި އާއިލާގެ ފަރާތުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް