ads
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު-- ފޮޓޯ: ރައީސް އޮފީސް
2021 އަށް "ރެސްކިއު" ބަޖެޓެއް، ވައުދުތައް ފުއްދޭނެބާ؟
ވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިލައްވަން ޖެހިވަޑައިގެންފައި މި ވަނީ މީގެ ކުރިން ދިވެހި ރައީސަކު ތަޖުރިބާ ކުރަންޖެހިފައިވާ ހާލަތެއް ނޫނެވެ. ކޮވިޑް-19ގެ ޕެންޑެމިކުގައި ދުނިޔެއާއެކު ދިވެހިރާއްޖެ ވެސް މި އޮތީ އިނދަޖެހިފަ އެވެ.

ވެރިކަމަށް ދެ އަހަރު ފުރެން ގާތްވެފައިވާއިރު ރާއްޖޭގެ ޓޫރިޒަމް މަރުވެ، އިގްތިސާދު މި އޮތީ އެތައް ޕަސެންޓަކުން ކުޑަވެފަ އެވެ. އެކަމަކު ރައީސް ސޯލިހުގެ އެންމެ ބޮޑު ގޮންޖެހުމަކީ ކުރިއަށް އޮތް 2021 އެވެ. އެއީ އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމުގެ އުއްމީދެއް އޮތީ ރާއްޖޭގެ އިގްތިސާދު ކުރިއަށް އޮތް އަހަރު ސަލާމަތް ކުރެވިގެން ކަމަށް ވާތީ އެވެ.

އަންނަ އަހަރަށް ސަރުކާރުން ހޯމަ ދުވަހު ހުށަހަޅާފައި ވަނީ "ރެސްކިއު" ބަޖެޓެކެވެ. ބަޖެޓު ހުށަހަޅަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ބަޖެޓުގެ އަމާޒަކީ ރާއްޖޭގެ އިގްތިސާދު ވީހާ ވެސް އަވަހަކަށް ކޮޅަށްޖެހުމާއެކު "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި ކުަލަޖެއްސުން ކަމަށެވެ. 

ރައީސް ސޯލިހުގެ ސަރުކާރުގެ ފަރާތުން އަންނަ އަހަަރަށް ހުށަހަޅާފައި ވަނީ 34 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މިއަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަށް ވުރެ ކުޑަ އަދަދެކެވެ. ނަމަވެސް 2020 ގެ ބަޖެޓަށްވުރެ ދަރަނި ބޮޑު ބަޖެޓެކެވެ. އަމީރު ވިދާޅުވީ 2021 ބަޖެޓުން ސަރުކާރުން މައިގަނޑު ހަތް ކަމެއް ހާސިލް ކުރަން ބޭނުންވާ ކަމަށެވެ. 

  • ޕެންޑެމިކުގައި ރާއްޖެއަށް ލިބުނު ސިއްހީ، އިޖްތިމާއީ އަދި އިގްތިސާދީ ގެއްލުންތަކުން އަރައިގަތުން
  • ސަރުކާރުގެ ހިންގުމާއި ހިދުމަތްތައް ލާމަރުކަޒީ ކުރުމާއެކު ސަރަހައްދީ ތަރައްގީ ގެނައުން
  • ވިޔަފާރިތަކަށް ކުރިއަށްދެވޭނެ މަގެއް ދެއްކުން 
  • އާންމު އަދި އިޖްތިމާއީ ހިދުމަތްތައް އަދި ދިރިއުޅުގެ ފެންވަރު މަތިކުރުން
  • އިގްތިސާދީ ކާރިސާއަކާ ކުރިމަތިލުމުގެ ގާބިލްކަން އިތުރު ކުރުން
  • މެދުރާސްތާގައި ފުދުންތެރި ދައުލަތެއް ބިނާ ކުރުން

ކުރިއަށް އޮތް ގޮންޖެހުން ބޮޑު ނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ ޕޮޒިޓިވްކޮށް ޗެލެންޖާ ކުރިމަތިލާންކަން މިނިސްޓަރު އަމީރުގެ ވާހަކައިން އެނގިގެން ދިޔަ އެވެ. 

"މިއީ ހަމަ ޔަގީނުންވެސް ފަހަތަށް ޖެހެންވީ ވަގުތެއް ނޫން. މިހާރު މި އޮތް ހާލަތުން އަރައިގަނެ، އިގްތިސާދު ވީ އެންމެ އަވަހަކަށް ރިބައުންޑްކުރުމަށް އޮތް ހައްލަކީ ފިސްކަލް ޕޮލިސީ މެދުވެރިކޮށް އިގްތިސާދު ސްޓިމިއުލޭޓްކުރުން. މިއީ އަޅުގަނޑުމެންގެ މާލީ ހާލަތު ތަންދިން އެންމެ ބޮޑަކަށް، އިގްތިސާދީ ހަރަކާތް ސްޓިމިއުލޭޓްކޮށް، އިތުރު މަޝްރޫޢުތައް ފަށައި، އިޤްތިސާދު ސިންދަފާތުކޮށް، ވިލުންވެރިކަން އިތުރުކޮށް، ސަރަހައްދީ ތަރައްޤީ އަށް އިންވެސްޓްކުރަންވީ ވަގުތު،" އޭނާ ވިދާޅުވި އެވެ. 

ރައްޔިތުންނާއި ވިޔަފާރިތަކަށް ސަރުކާރުން އެހީވުމަށް ފަސްނުޖެހޭނެކަމުގެ ޔަގީންކަން ވެސް އަމީރު ރައްޔިތުންނަށް ދެއްވި އެވެ. 

"މި ވަގުތަކީ ރައްޔިތުންނާއި ވިޔަފާރިތަކަށް ސަރުކާރުން ސަޕޯޓް ކޮށްދޭންވީ ވަގުތު. އިޤްތިސާދީ ހަރަކާތްތައް އަލުން އަނބުރާ އެންމެ މަތީ ގިޔަރަށް ދީލާލުމަށް ކުރަން ޖެހޭ ކަންކަމަށް މި ބަޖެޓުން ޖާގަ ދީފައިވާނެ. އަދި ސަރުކާރުގެ އެންމެ މުހިއްމު އަމާޒުތައް ހާސިލުކުރުމަށް ބަޖެޓުގައި ހިމެނިފައިވާ ކަންތައްތައް ތަރުތީބުކުރެވިފައިވާނެ،" ސަރުކާރުގެ ވިސްނުން ހާމަ ކުރައްވަމުން އަމީރު ވިދާޅުވި އެވެ. 

ކޮންމެއަކަސް ރައީސް ސޯލިހުގެ ވެރިކަމުގެ ވައުދުތައް ފުއްދުމާ 2021 ވަނަ އަހަރުގެ ބަޖެޓާ ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. އަންނަ އަހަރު ކާމިޔާބު 12 މަހަށް ހެދުން ރައީސް ސޯލިހަށް ވަރަށް މުހިންމެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް