ads
މޫސުން ގޯސްދުވަހެއް-- ފޮޓޯ: އޭއޯ ނިއުސް
މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
ކުރިއަށް އޮތް 24 ގަޑިއިރު މެދު ރާއްޖެ ތެރެއާއި ދެކުނު ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފި އެވެ.

މެޓުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުުރުން އެކަށީގެން ވާ ކަމަށާއި މެދުރާއްޖެ ތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އޭގެ އިތުރުން އެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފަ އެވެ. 

ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. 

އޭގެ އިތުރުން ރާޅުގެ އުސްމިނުގައި 2-5 ފޫޓު ހުންނާނެ ކަމަށާއި މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކުގައި މޫސުމަށް ސަމާލުވުމަށް ދަންނަވާ ކަމަށް މެޓުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް