ads
2018 ވަނަ އަހަރު ލަންޑަންގައި އޮތް ޑަބްލިއުޓީއެމް ފެއާގެ ތެރެއިން---
2020 ގެ ޑަބްލިއުޓީއެމް ފެއާގައި ރާއްޖެ ބައިވެރިވެއްޖެ
ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ޓްރެވަލް ފެއާ ކަމަށްވާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި ރާއްޖެ އިން ބައިވެރިވެއްޖެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން މި އަހަރު ވާޗުއަލް ކޮށް ލަންޑަންގައި ކުރިއަށް ގެންދާ ޑަބްލިއުޓީއެމް ފެއާގައި ޓްރެވަލް އާއި ފަތުރުވެރިކަމުގެ ގިނަ ފަރާތްތަކެއް ބައިވެރިވާ އިރު، މި އަހަރުގެ ފެއާގައި ބޮޑަށް އަލި އަޅުވާލާނީ ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަން ކުރިއެރުވޭ ގޮތްތަކުގެ މައްޗަށެވެ.

އެގޮތުން މިހާރު ކުރިއަށްދާ ފެއާގައި ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ދަތިތަކަށާއި، އެ ދަތިތަކުން އަރައިގަތުމަށް ކުރެވޭނެ ކަންތައްތަކަށް އަލިއަޅުވާލާ އިރު، މި ފެއާ އިންތިޒާމްކުރާ ފަރާތްތަކުން ވަނީ އެ ދަތިތަކުން އަރައިގަތުމަށްޓަކައި ރޯޑްމެޕެއް އެކުލަވާލައިފަ އެވެ.

ޑަބްލިއުޓީއެމް ފެއާގައި ބައިވެރިވުމުގެ ސަބަބުން ރާއްޖެއަކީ ފަތުރުވެރިންނަށް މި ދުވަސްވަރު ރައްކާތެރިކަމާއެކު ޗުއްޓީ ހޭދަކޮށްލަން އެންމެ ރަނގަޅު މަންޒިލްގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ ފުރުސަތު ލިބިގެން ދިއުމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގައި ހުރި ފުރުސަތުތައް އިޝްތިހާރުކުރުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވަނީ ވިދާޅުވެފައެވެ.

އެމްއެމްޕީއާރުސީ އިން ދަނީ ދުނިޔޭގެ އެކި މާކެޓްތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް