ads
ރައީސް ސޯލިހް އިއްޒުއްދީން ސްކޫލްގެ ދަރިވަރުންތަކަކާއި އެކު - ފޮޓޯ: ސަން
ރަށްރަށުގައި ޕްރީސްކޫލް ކުދިންނަށް ވެސް ކިޔަވައިދޭން ފަށަނީ
މާލެ ސަރަހައްދު ނޫން ރަށްރަށުގައި ފައުންޑޭޝަން ސްޓޭޖު އަދި ޕްރީސްކޫލާ ހަމައަށް އަންނަ ހަފްތާއިން ފެށިގެން ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް މާލެ ނޫން ސަރަހައްދުތަކުގައި އެގޮތަށް އަމަލު ކުރަން ނިންމީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިންނެވެ. 

މާޗް 12 ގެ ރާއްޖޭ ސްކޫލުތައް ބަންދު ކުރުމަށް ފަހު ޖުލައި 1 ގައި މާލެ ނޫން ރަށްރަށުގައި ގްރޭޑް 1 އިން މަތީގެ ކުދިންނަށް ކިޔަވައިދޭން ފެށި އެވެ.

ފައުންޑޭޝަން އަދި ޕްރީސްކޫލް ކުދިންނަށް ކިޔަވައިދޭން ފަށަން ނިންމި ނަމަވެސް، މާލެ ސަރަހައްދުގައި އެ އުމުރުގެ ކުދިންނަށް އަދިވެސް ސްކޫލަށް ގެންދިޔުމުގެ ހުއްދައެއް ނެތެވެ. 

އެކަމަކު މާލެ ސަރަހައްދުގައި ގްރޭޑް 7 އިން މަތީގެ ދަރިވަރުން މިހާރު ކިޔަވަން ދަނީ ސްކޫލަށެވެ. މިހާރު ކުރިއަށްދާ މި އަހަރުގެ ފުރަތަމަ ޓާމް ނިމޭނީ ޑިސެމްބަރު 3 ގައި ކަމަށް އެކެޑެމިކް ކަލަންޑަރުގައި ވެއެވެ. 

އެހެންކަމުން އަންނަ އަހަރު ދެވަނަ ޓާމް ކުރިއަށް ގެންގޮސް، އާ ދިރާސީ އަހަރު ފެށޭނީ އޮގަސްޓް 10 ގައި ކަމަށް ކަލަންޑަރުގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް