ads
ފިނޭންސް މިނިސްޓްރީ---
އަންނަ އަހަރު ހިލޭ އެހީގެ ފައިސާ އެންމެ ގިނައިން ލިބޭނީ އިންޑިއާއިން
އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބޭނީ އިންޑިއާއިން ކަމަށް 2021 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބުނެފި އެވެ.

އެގޮތުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ދަައުލަތަށް 2.227 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، އިންޑިއާގެ ފަރާތުން ހިލޭ އެހީގެ ގޮތުގައި 1.730 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އަންނަ އަހަރު ދެވަނައަށް އެންމެ ގިނައިން ހިލޭ އެހީގެ ގޮތުގައި އަބޫދާބީ ފަންޑުން 50 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ތިންވަނައަށް އެންމެ ގިނައިން ހިލޭ އެހީގެ ގޮތުގައި ޗައިނާ އިން 20 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ދައުލަތަށް އެކިއެކި ޖަމާއަތްތަކުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 404.9 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާ އިރު، ވޯލްޑް ބޭންކް އިން ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 211.4 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ.

ދެވަނަ އަށް އެންމެ ގިނައިން ދައުލަތަށް ހިލޭ އެހީގެ ގޮތުގައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް އިން 153.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ޔޫއެންއެފްސީސީ އިން ހިލޭ އެހީގެ ގޮތުގައި 12.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން މި އަހަރު ދައުލަތަށް ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު ވަނީ ކުރިން އަންދާޒާކޮށްފައިވާ ވަރަށް ވުރެ ބޮޑުތަން މަދުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް