ads
އަނަންޔާ--
އަނަންޔާގެ ހެދުން އެޅުން ކަމުދޭތަ؟
ބޮލީވުޑުގެ ބަތަލު ޗަންކީ ޕާންޑޭގެ ދަރިފުޅު، އަނަންޔާ ޕާންޑޭ މިހާރު އުޅެނީ އޭނާގެ ދެވަނަ ފިލްމު ޕްރޮމޯޓު ކުރުމުގައި އަވަދި ނެތި އެވެ. އެގޮތުން ދާދި ފަހަކުން ގިނަ ބަޔަކަށް ވެސް ފާހަގަ ވި ކަމަކީ އޭނާގެ ހެދުން އެޅުމަށް އައި ބަދަލުތަކެވެ.

ކުރިން އަނަންޔާ ހެދުން އަޅާ ގޮތާ ތަފާތުކޮށް އަދި ރީތިކޮށް މިހާރު އޭނާ ހެދުން އަޅާ ކަމަށް ގިނަ ބަޔަކަށް ފާހަގަވެފައި ވާއިރު އެ ބަދަލު އައިސްފައި ވަނީ އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"ގެ ޕްރޮމޯޝަން އިވެންޓުތައް ފެށުމާއެކު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

"ސްޓޫޑަންޓް އޮފް ދަ އިޔާ 2" އިން އަނަންޔާ ބޮލީވުޑަށް ތައާރަފުވި އިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ "ޕަތީ ޕަތްނީ އޯރް ވޯ" އިންނެވެ. އެ ފިލްމުގައި އޭނާ ފެނިގެން ދާނީ ސެކެޓަރީއެއްގެ ރޯލުންނެވެ.

އެ ފިލްމުގައި އޭނާ އާއެކު ކާތިކް އާރިޔަން އަދި ބޫމީ ޕަޑްނޭކަރް ވެސް ފެނިގެން ދާނެ އެވެ. "ޕަތީ ޕަތުނީ އޯރް ވޯ" އަކީ މީގެ 40 އަހަރު ކުރިން ނެރުނު ފިލްމެއްގެ ރިމޭކް އެކެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ މުދައްސަރު އަޒީޒެވެ. ފިލްމު ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް