ads
އެމްޓިސީސީ އިން އަޅާ ހޯރަފުށީ ވައިގެ ބަނދަރުގެ މަންޒަރެއް--- ފޮޓޯ: މޯލްޑިވް ޓައިމްސް
ފަރެސްމާތޮޑާގެ ވައިގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފި
ގދ. ފަރެސްމާތޮޑާގައި ވައިގެ ބަނދަރެއް ހަދަން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފި އެވެ.

ފަރެސްމާތޮޑާގައި ވައިގެ ބަނދަރު ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަދަން 144،833،139 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އާއި ޕްލޭނިން މިނިސްޓްރީ އިން ހަވާލުކޮށްފައިވަނީ މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެގޮތުން އެ މަޝްރޫއު އާއި ބެހޭ އެއްބަސްވުމުގައި އެމްޓީސީސީ ފަރާތުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ސޮއިކުރައްވާފައިވާ އިރު، ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

ފަރެސްމާތޮޑާގެ ވައިގެ ބަނދަރު އަޅަން ހިއްކާފައިވާ ބިމުގައި 1.2 ކިލޯމީޓަރުގެ ރަންވޭ އެއް އަޅާއިރު، އެމްޓީސީސީ އާއި އެ ހަވާލުކުރި މަޝްރޫއުގައި ވައިގެ ބަނދަރުގެ ގިމަތަ އެޅުން ހިމެނޭ ކަމަށް ޝާނާ ވިދާޅުވި އެވެ.

ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ހއ. ހޯރަފުށީގައި އަޅާ ވައިގެ ބަނދަރުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި، އެހެންކަމުން އެމްޓީސީސީގެ ވައިގެ ބަނދަރުގެ މަސައްކަތް ކުރާ ޓީމް ވަރަށް އަވަހަށް ފަރެސްމާތޮޑާއަށް ފޮނުވައިލާނެ ކަމަށް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އިތުރު ހަ ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއު އާއި އިތުރު ތިން ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު ވެސް އެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް