ads
މެންބަރު ޔާސިރު--
ޓޫރިޒަމް ދާއިރާގެ މައްސަލަތައް ސައިބޯނި ބޮތްކަކަށްވެ ނިމިގެން ނުވާނެ: ޔާސިރު
ޓޫރިޒަމް ދައިރާގެ މައްސަލަތައް ސައިބޯނި ބޮތްކަކަށްވެ ނިމިގެން ނުވާނެ ކަމަށާއި، އެ މައްސަލަތައް ކުއްލި މައްސަލަތަކުގެ ގޮތުގައި މަޖިލީހަށް ވައްދައިގެން ބަހުސް ކޮށްލުމަށްފަހު ދޫކޮށްލެވިގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަން މެނޭޖު ކުރުމުގައި ބައެއް ރިސޯޓުތަކުން އިހުމާލު ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ބެލެމުށް ހުށަހަޅުއްވަމުންނެވެ.

އެގޮތުން ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ކޮވިޑް-19 ޖެހިގެން ނިޔާވި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލާގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މީގެ ކުރިން އެންމެ ފުރަތަމަ ކޮވިޑުގެ ވާހަކަތައް ފެންމަތިވެގެން އައިއިރުވެސް ރިސޯޓެއްގެ މުވައްޒަފަކާއި ގުޅުންހުރި މައްސަލަތަކެއް ފެންމަތިވިި ކަމަށާއި، އެގޮތުން ރިސޯޓަކުން ފުރައިގެން ދިޔަ މީހަކާއި މެދު އިހުމާލުވިކަމުގެ މައްސަލައެއް ވެސް ފެންމަތިވެގެންދިޔަ ކަމަށެވެ. 

ޔާސިރު ވިދާޅުވީ، އޭރު އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާ ވާހަކަ އާއި، އެމައްސަލަތައް ބަލަމުންދާ ކަމަށް ހެޑްލައިތަކުން ފެނިގެންދިޔަ ކަމަށެވެ. ނަމަވެސް މިއަދު އެ މައްސަލަތަކަށް ވީ ގޮތެއް ނޭންގޭ ކަމަށާއި، މިއަދު އެ ވާހަކަތައް ނުވެސް ދައްކާ ކަމަށް ޔާސިރު ވިދާޅުވިއެވެ. 

ޔާސިރު ވިދާޅުވީ މިއަދު މިއުޅެނީ އަނެއްކާވެސް މިފަދަ މައްސަލައެއްގައި މީހަކު މަރުވެގެން ކަމަށާއި މިފަދަ މައްސަލަތައް ކުއްލި މައްސަލަތުގެ ގޮތުގައި ވައްދައިގެން ބަހުސްކޮށްލުމަށްފަހު ސައިބޯނި ބޮތްކަކަށްވެގެން ނިމިގެން ނުވާނެ ކަމަށެވެ. އަދި މި މައްސަލަތައް ބެލުމަށް އެކި ވަރުވަރުން މުއްސަސާތައް ހެދިފައި އެބަހުރި ކަމަށާއި، މިފަދަ މައްސަލަތައް ބަލަން މުއްސަސާތައް ހެދިފައި ހުރިއިރު މި މައްސަލަތައް މިހާ ފަސޭހައި އަތްދޫކޮށްލެވިގެން ނުވާނެ ކަމަށެވެ. 

"އަޅުގަނޑު ހުށަހަޅަން މި މައްސަލަތައް... މިއާ ގުޅިގެން އެބަހުރި ކިތަންމެ މައްސަލަތަކެއް، މި މައްސަލަތައް ބަލަން މަޖިލީހުގަ އެބަހުރި އޯވަސައިޓް ކޮމިޓީތަކެއް، އެ ކޮމިޓީތަކަށް މިމައްސަލަތައް ބެލުމަށް އަޅުގަނޑު ހުށަހަޅަން،" އޭނާ ވިދާޅުވި އެވެ. 

ދ. މާއެނބޫދޫ، އުމުރުން 60 އަހަރުގެ އާދަމް ނަސީރުގެ މަރާ ގުޅޭ މައްސަލައެއް އެޗްއީއޯސީން މިހާރު ފުލުހުންނަށް ހުށަހަޅާފައި ވާއިރު މި މައްސަލަ މިހާރު އަންނަނީ އެޗްއާރުސީއެމްއިން ވެސް ބަލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް