ads
އިދިކޮޅު ކޯލިޝަނުން ޝްރިންގްލާ އާއި ބައްދަލުކުރެއްވުމުގެ ތެރެއިން
އިދިކޮޅު ކޯލިޝަނުން ޝްރިންގްލާއާ ބައްދަލުކޮށް ޝަކުވާތަށް ހިއްސާކޮށްފި
ފޮރިން ސެކްރެޓަރީ އަބްދުލްއަފޫރު މުހައްމަދުގެ ދައުވަތަކަށް ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ޝްރީ ހަރްސް ވަރްދަން ޝްރިންގްލާއާއި، އިދިކޮޅު ޕްރޮގްރެސިވް-ކޮންގްރެސް ކޯލިޝަނުން ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވުނީ، އިންޑިޔާ ހައިކޮމިޝަންގައެވެ. މި ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަކީ ބައިނަލްއަގްވާމީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ފުށޫއަރާ ޝަރީއަތެއްކަމަށް ފާހަގަކޮށްފައެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތުން ދޭހަވަނީ މިސަރުކާރުގައި ޑިމޮކްރަސީއަށް ކުޑަވެސް އިހުތިރާމެއް ނެތްކަން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާއަށް ސަރުކާރުން ސީދާގޮތެއްގައި ނުފޫޒު ފޯރުވާކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އެގޮތުން ޝަރުއީ ދާއިރާއަށް ސަރުކާރުން ފޯރުވަމުންދާ ނުފޫޒުގެ އެންމެ ބޮޑު އަސްލަކީ ޖުޑިޝަލް ސަރވިސް ކޮމިޝަންކަމުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.

އިދިކޮޅު ކޯލިޝަންގެ ޝަކުވާތަށް ހިއްސާކުރުމުގެ އިތުރުން، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންވަނީ އިންޑިޔާއިން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފޮރިން ސެކެޓްރީ ޝްރިންގްލާ ވަނީ، ދިވެހި ރައްޔިތުން ތަމްސީލުކުރާ އެންމެހާ ފަރާތްތަކާ މަޝްވަރާކުރުމަކީ އިންޑިޔާގެ ސިޔާސަތުކަން ފާހަގަކުރައްވައި، އިދކޮޅު ސިޔާސީ ލީޑަރުން އެމަނިކުފާނާ ބައްދަލުކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް