ads
އައްޑޫ ސިޓީ ކައުންސިލް-- ފޮޓޯ: ސަން
ހިތަދޫ ގައި އަޅާފައިވާ 264 ފްލެޓްގެ ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް އާންމު ކޮށްފި
ސ. ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން ކެޓަގަރީ "ޑީ" ގައި ހިމެނޭ 32 ފްލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް އާންމު ކޮށްފި އެވެ.

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި އިމާރާތް ކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، ޑީ ކެޓަގަރީގައި ހިމެނޭ 32 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވަނީ 835 މީހުންނެވެ. ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތުހަމަވުމުން ޕޮއިންޓް ލިބުނު މީހުންގެ ތެރޭގައި ހިމެނެނީ 732 މީހުންނެވެ. 

އައްޑޫ  ސިޓީ ކައުންސިލުން ބުނީ އެ 835 މީހުންގެ ތެރެއިން ޝަރުތުހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް ސަރުކާރުގެ ގެޒެޓާއި ކައުންސިލްގެ ވެބްސައިޓް ގައި ޝާއިއުކޮށްފައި ވާނެ ކަމަށެެވެ. އަދި އެ ލިސްޓު އެސިޓީގެ އަވަށުއޮފީސްތަކާއި އެ އިދާރާގެ ނޯޓިސް ބޯޑުގައިވެސް ބެހެއްޓިފައިވާކަމަށް އެ އިދާރާއިން ބުނެއެެވެ.   

އެ ކައުންސިލުން ބުނީ ފްލެޓްތައް ލިބޭ ފަރާތްތަކާއެކު އެގްރީމެންޓް ހެދުމުގެ ކުރިން، އާންމުކުރެވިފައިވާ މައުލޫމާތު ކަރުދާހުގެ ޝަރުތުތަކުގައިވާ ގޮތުގެ މަތިން، ގޯތިގެދޮރާއި ބެހޭ މައުލޫމާތު އިތުރަށް ބަލައި ޗެކްކުރެވޭނެ ކަމަށެވެ. 

އަދި ދެމަފިރިން ފްލެޓަށް ހޮވިއްޖެނަމަ، ފްލެޓް ހަވާލުކުރެވޭނީ މިކަމާ ގުޅޭގޮތުން ޝަރުތުތަކުގައި ބަޔާންކުރެވިފައިވާ އުސޫލާ އެއްގޮތަށް ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް