ads
މުމްބާއީ އިންޑިއަންސް ޗެމްޕިއަން ޓްރޮފީއާ އެކު
އައިޕީއެލް: ފަސްވަނަ ފަހަރަށް މުމްބާއީ އިންޑިއަންސް ޗެމްޕިއަންކަން ހޯދައިފި
އިންޑިއަން ޕްރިމިއަ ލީގުގެ ޗެމްޕިއަންކަން މުމްބާއީ އިންޑިއަންސްއިން ހޯދައިފިއެވެ. މުމްބާއީ އިންޑިއަންސްއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އަންގާރަ ދުވަހުގެ ރޭ ދެއްލީ ކެޕިޓަލްސް ބަލިކޮށްގެނެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުރިކެޓް މުބާރާތް، އަދި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅިވަރު މުބާރާތްތަކުގެ ތެރޭގައިވެސް ހިމެނޭ އިންޑިއަން ޕްރިމިއަ ލީގު، މުމްބާއީ އިންޑިއަންސްއިން ކާމިޔާބު ކުރުމާއި އެކު އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި އަދަދު ފަހަކަށް އެރީއެވެ. މިއީ މުބާރާތް އެންމެ ގިނައިން ކާމިޔާބު ކުރި ޓީމުވެސް މެއެވެ. 

މުބާރާތުގެ ފައިނަލަށް މުޅިން އަލަށް ދަތުރު ކުރި ދެއްލީ ކެޕިޓަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްލީ ކެޕިޓަލްސް ކުޅެން އަރައި، ވިހި އޯވަރަށް ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ ސަތޭކަ ފަންސާސް ހަ ލަނޑެވެ. ޖަވާބުގައި ކުޅެން ނުކުތް، މުމްބާއީ އިންޑިއަންސްއިން އެ އަދަދަށް ލަނޑު ހަމަ ކުރީ އަށާރަ އޯވަރުންނެވެ. 

މި އަހަރުގެ އައިޕީއެލް މުބާރާތް މި ބޭއްވުނީ ކޮވިޑާ ގުޅިގެން އިންޑިޔާގައި މުބާރާތް ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތުމުން، އެކުވެރި އަރަބި އިމާރާތުގެ ތިން ސްޓޭޑިއަމެއްގައެވެ. މުބާރާތުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ސަޕޯޓަރުން ނުވައްދައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް