ads
ރައީސް ސޯލިހު--
ކޮމިޝަންތަކުގެ މަސައްކަތް ބޭނުންވި ސްޕީޑުގައި ކުރިއަކަށް ނުދޭ: ރައީސް ސޯލިހު
ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނާއި ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ މަސައްކަތް ބޭނުންފުޅުވި ސްޕީޑުގައި ކުރިއަށް ނުދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ފާއިތުވި ދެ އަހަރުގެ ތެރޭގައި ބޭނުންވި ހިސާބަށް ނުގެންދެވެނީ ކޮމިޝަންތަކުގެ މަސައްކަތާއި މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަސައްކަތް ކަމަށެވެ. 

އެގޮތުން މަރު ކޮމިޝަނާއި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެނގިގެން ދިޔެއީ މަސައްކަތް ފަށައިގަތުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އެ މަސައްކަތް އަޅުގަނޑު ވެސް ހީކުރި ސްޕީޑުގައެއް ނުގެންދެވުނު. އެބަހުރި ދަތިތަކެއް. އެ މަސައްކަތް ފަށައިގަތީމަ ފެނުނީ އޭގައި ހުރި ދަތިތައް. މީގެން ކޮންމެ ކަމެއްގެ އެންމެ އަޑިއަށް ވާސިލްވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

މިހާރު ވެސް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި ހުރި ނަމަވެސް އެ މައްސަލަތަކާ ގުޅުން ހުރި އާއިލާތަކުގެ ކަންބޮޑުވުމަކީ ރައީސަށް ވަރަށް "އުނދަގޫވާ" ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ. 

މަސައްކަތް އިތުރަށް ކުރަން ޖެހޭ ދެވަނަ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ މަސައްކަތެވެ.

"ކުރިއަށް އޮތް އަހަރު އަޅުގަނޑުމެންގެ އެންމެ މުހިއްމު މަސައްކަތަކަށް ވާނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނިމަށް ކުރިއަށް ގެންދާ މަޝްރޫއުތައް،" ރައީސް ވިދާޅުވި އެވެ.

އެގޮތުން އެ މަސައްކަތް ފެށުމުގެ ގޮތުން ޑިސެމްބަރު މަހު 3000 ފްލެޓުގެ ބިންގާ އެޅިގެން ދާނެ ކަން އެމަނިކުފާނު އިއުލާނުކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް