ads
މި ކެފޭގެ މީހުންނަށް ޗަޕާކް ވަރަށް ހާއްސަ، ފިލްމު ބަލަން ދިޔައީ އެންމެން އެއްކޮށް!
ބަތަލާ ދީޕިކާ ޕަޑުކޯނުގެ "ޗަޕާކް" މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފައިވާއިރު މިއީ އެސިޑް ހަމަލާގެ ޝިކާރައަކަށްވި ލަކްޝީ އަގަރްވާލުގެ ހަޔާތަށް ނެރެފައިވާ ފިލްމެކެވެ.
އިންޑިއާގެ ލަކްނޯގައި އެސިޑުގެ ހަމަލާގެ ޝިކާރައަކަށްވެފައި މީހުން މަސައްކަތް ކުރާ ކެފޭއެއް ހިންގަމުން އަންނައިރު މިތަނަކީ ލަކްޝްމީއާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ތަނެކެވެ.

ބަތަލާ ދީޕިކާ ޕަޑުކޯނުގެ "ޗަޕާކް" މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފައިވާއިރު މިއީ އެސިޑް ހަމަލާގެ ޝިކާރައަކަށްވި ލަކްޝީ އަގަރްވާލުގެ ހަޔާތަށް ނެރެފައިވާ ފިލްމެކެވެ. މި ފިލްމު ބެލުމަށް މިކެފޭގެ އެންމެން އެކުގައި ދިޔަ އެވެ. އަދި މި ކެފޭގައި މަސައްކަތް ކުރާ ދެ މީހަކު މި ފިލްމުގައި އެކްޓުވެސް ކުރި އެވެ.

އެގޮތުން ފިލްމު ސިނަމާގައި އަޅުވާފައި ހުރިއިރު އެމީހުނާ ގުޅޭ ފިލްމެއް އަޅުވާފައި ހުރުމުން އެކަމުގެ އުފާކުރިއިރު މުޖުތަމައުގައި ހިނގާ މިފަދަ ކަންކަމުގެ ހިތްދަތި ތަޖުރިބާއެއް ކުރަން ޖެހިފައިވާތީ ރުއި މަންޒަރު ވެސް ފެނުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ލަކްނޯގެ އެ ކެފޭގައި މަސައްކަތް ކުރަމުން ދަނީ އެސިޑެން ހަމަލާގެ ޝިކާރައަކަށްވި 14 އަންހެނެކެވެ. އެ މީހުންގެ ދިރިއުޅުން އެސިޑް ހަމަލާއަށް ފަހު ވަރަށް ބޮޑަށް ބަދަލުވިއިރު އަނބުރާ މުޖުތަމައުގައި އުޅުމަށް އެމީހުންނަށް ހިތްވަރާ ތަމްރީނުތަކެއް ވެސް އަންހެނުންގެ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ދީފަ އެވެ.

އުމުރުން އެންމެ 15 އަހަރުގައި އެސިޑު ހަމަލާއެއްގެ ޝިކާރައަށް ލަކްޝްވީ އުމުރުން 32 އަހަރުގެ ފިރިހެނަކު އޭނާއަށް ލޯބި ހުށަހެޅުމުން އެ ހުށަހެޅުން ގަބޫލު ނުކުރުމުންނެވެ.

އާއިލާގެ އެހީތެރިކަމާއެކު އެ ހިތާމަތަކުން ތެދުވެ ލަކްޝްމީ ވަނީ އެސިޑު ހަމަލާގެ ޝިކާރައަކަށްވާ މީހުންނަށް އަމާޒުކޮށް އެންޖީއޯއެއް ހުޅުވާފަ އެވެ.

ފިލްމުގައި ދީޕިކާއާ އެކު ފެނިގެން ދަނީ ވިކްރަންތު މެކްސޭ އެވެ. ވިކްރަންތު މިފިލްމުގައި ފެނިގެން ދާނީ، ލަކްޝްމީގެ ފިރިމީހާ، އަލޯކް ޑިކްސިތުގެ ރޯލުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް