ads
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު--
މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުގައި ކޮޅުފައިން ނުޖަހާ: މުއިއްޒު
މާލޭ ރައްޔިތުންނަށް ހެޔޮއެދޭނަމަ، ރައީސް ޔާމީންގެ ވެރިކަމުގައި ނިންމަވާފައި އޮތްގޮތަށް ގުޅީފަޅުގައި އަޅާ ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް، ގުޅީފަޅަކީ ބޯހިޔާވަހިކަމަށް ހާއްސަ ތަނަކަށް ހައްދަވަން ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުއިއްޒު ވިދާޅުވީ، ގުޅީފަޅުގައި އަޅާ ޕޯޓް އަދިވެސް ހުއްޓާލެވޭނެ ކަމަށާއި، އެތަން ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރަށް އާދޭހައިއެކު ގޮވާލާ ކަމަށެވެ. އެގޮތުން މާލޭ ރައްޔިތުންނަށް މި ސަރުކާރުން ހެޔޮއެދޭނަމަ ގުޅީފަޅަކީ ބޯހިޔާވަހިކަމަށް ހާއްސަ ތަނަކަށް ހެއްދެވުމަށާއި، މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތަކުގައި ކޮޅުފައިން ނުޖެހުމަށް މުއިއްޒު ވިދާޅުވިއެވެ. 

މުއިއްޒު އިތުރަށް ވިދާޅުވީ، ހުޅުމާލޭ ފޭސް ދޭއްގެ ބިން މުއްސަނދި މަދު ބަޔަކަށް ވިއްކާ ހުސްކޮށްލުމުގެ ބަދަލުގައި ނިކަމެތި ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ލިބޭނެ ގޮތް ހައްދަވައިދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. 

ޑރ. މުއިއްޒު ވަނީ މީގެ ކުރިން ވެސް ގުޅީފަޅުގައި އަޅާ ޕޯޓާއި ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން މި ސަރުކާރުން ގުޅީފަޅުގައި ޕޯޓް އެޅި ނަމަވެސް ޕީޕީއެމްގެ ވެރިކަމެއްގައި އެ ޕޯޓް ތިލަފުއްޓަށް ބަދަލުކުރާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

އެގޮތުން ގުޅީފަޅު އޮންނަން ޖެހޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމި ގޮތަށް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދޭ ރަށެއްގެ ގޮތުގައި ކަމަށާއި، އަދި ޕޯޓް ނަގާއި ތިލަފުއްޓަށް ބަދަލުކުރުމަށް ފަހު ބޯހިޔާވަހިކަން މާލޭގެ ރައްޔިތުންނަށް ޔަގީންކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް