މޯލްޑިވިއަން އިން ބުނީ މިއަދު ވަނީ ރާއްޖޭގައި އުޅެމުންދިޔަ 200 ބަންގްލަދޭޝް މީހަކު އެ ގައުމުގެ ވެރިރަށް ޑާކާއަށް ފޮނުވާލާފައި ކަމަށެވެ.
ސައްހަ ލިޔެކިއުންތައް ނެތް ބަންގްލަދޭޝްގެ ރައްޔިތުންނާއި، އެނބުރި ގައުމަށް ދާން ބޭނުންވާ ރައްޔިތުން ފުރުވާލުމަށްޓަކައި ސަރުކާރާއި ގައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގެ މީގެ ހަ ވަރަކަށް ދުވަސް ކުރިން ވެސް 200 މީހަކު އަނބުރާ ފޮނުވާލާފައިވެ އެވެ.
މިހާތަނަށް މޯލްޑިވިއަން އިން އެ ގައުމުގެ 8436 ރައްޔިތުން އަނބުރާ ފޮނުވާލާފައިވެ އެވެ.
ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ބަންގްލަދޭޝްގެ 20،000 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލުން ކަމަށް މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ ވިދާޅުވެފަ އެވެ.