ads
ލޮނުޒިޔާރަތް ޕާކު ހުޅުވުން--
ލޮނުޒިޔާރާތް ޕާކު ހުޅުވައިފި
ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރި ޕާކު، ހުޅުވައިފި އެވެ.

މިއަދު ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެ ޕާކު ހުޅުއްވައިދެއްވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ 16.8 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްގެން ތަރައްގީކުރި އެ ޕާކަކީ ސިޓީ ކައުންސިލަށް ވެސް އެތައް ތަޖުރިބާއެއް ލިބިގެންދިޔަ މަސައްކަތެއް ކަމަށެވެ. އަދި ވިޔަފާރިވެރިންނާއި އެ ސަރަހައްދުގެ މީހުންވި އެހީތެރިކަަން ފާހަގަކޮށް ޝިފާ ވަނީ ޕާކުގެ މަސައްކަތަށް އެހީވުމުން ޝުކުރު އަދާކޮށްފަ އެވެ. 

ބޮޑު މިނުގައި 2.5 ހެކްޓަރުގެ އެ ޕާކު ހުޅުވިއިރު އެތަނުގެ އެކި ތަންތަނަށް ވަނީ ހާއްސަ ނަންތަކެއް ވެސް ދީފަ އެވެ. އެގޮތުން ހޭޅި، އާއި މާމެލާމެލި އަދި މެދުބަގީޗާ އާއި ކަސްރަތު ފެއްސާއި ފާލަން އައްސޭރި އާއި ވަރުނުލާ ރާޅުގެ އިތުރުން އުސް ބަގީޗާ އާއި ފެންއާރުގެ ނަން އެކި ސަރަހައްދުތަކަށްދީފައިވެ އެވެ. 

މާލޭކޮޅުން ސިނަމާލޭ ބްރިޖަށް އަރާއި ދިމާލުގައި ތަރައްގީކޮށްފައިވާ އެ ޕާކުގައި ވަނީ ގިނަ އަދަދެއްގެ ގަސް އިންދާ ފެހިކޮށްފަ އެވެ.

ވަރަށް ހިތްފަސޭހަ ގޮތަކަށް ހަދާފައިވާ އެ ޕާކުގައި ޕޮންޑަކާއި ހިލް އެއްވެސް ހިމެނެ އެވެ. އަދި ޕާކުގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ބެންޗުތައް ވެސް ބަހައްޓާފައިވެ އެވެ. އަދި ޕާކު ވަށައިގެން ކަސްރަތަށް ދުވެވޭ ގޮތަށް ލޭނެއް ވެސް ހަދާފައިވާއިރު ޕާކުގެ ވަކި ސަރަހައްދެއް ވަނީ ކަސްރަތުކުރުމަށް ހާއްސަ ވެސް ކޮށްފަ އެވެ. 

އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަސޭހައިން ފުރޮޅުލީ ގޮނޑީގައި ވެސް އުޅެވޭ ގޮތަށް ލޭނެއް ހަދާފައިވެ އެވެ. އަދި އުނދޯންޏާއި ހޮޅުއަށި ވެސް އެތަނުގައި ހަދާފައިވާއިރު ފާހާނާ ބަރިއެއް ވެސް ހުންނާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް