ads
މިނިސްޓަރ މަހްލޫފު އަދި ޕޮލިސް ކޮމިޝަނަރ
ބާރަ މިލިއަން ރުފިޔާއަށް ޕޮލިސް ވެލްފެއަ އާ ހަވާލުކުރި މަސައްކަތް ނުނިމުނު
މާލޭ ކުޅިވަރު އެކުވެނި ދަނޑުގައި ސިންތެޓިކް ޓްރެކެއް ގާއިމުކުރުމަށް 12 މިލިއަން ރުފިޔާއަށް ޕޮލިސް ވެލްފެއަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރި މަސައްކަތް، މުއްދަތު ހަމަވިއިރުވެސް ނުނިމެއެވެ. 12 މިލިއަން ރުފިޔާއަށް ޕޮލިސް ވެލްފެއަ ކޯޕަރޭޝަނާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ ޔޫތު މިނިސްޓްރީންނެވެ.

ބާރަ މިލިއަން ރުފިޔާއަށް ޕޮލިސް ވެލްފެއަ އާ ހަވާލުކޮށްފައިވާ މި މަސައްކަތަކީ، ކުޅިވަރު ކުޅޭ ގައުމީ ފެންވަރުގެ ތަންތަން އުފެއްދުމާއި ޒުވާނުންގެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެފަދަ ތަންތަން އިމާރާތް ކުރުމުގެ މަޝްރޫއުތައް ހިމެނޭ ސިޔާސަތުގެ ދަށުން ކުރާ މަސައްކަތެއް ކަމަށް ޔޫތު މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު މި މަސައްކަތް ހަވާލުކޮށްފައިވަނީ ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ދެ މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ ބާރަ މިލިއަން ފަސް ސަތޭކަ ސާޅީސް ތިން ހާސް ދުވިސައްތަ ތިރީސް އެއް ރުފިޔާ ހަތްދިހަ ފަސް ލާރިއަށް ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

ބާރަ މިލިއަން ރުފިޔާއަށް ހަވާލު ކުރި މި ޕްރޮޖެކްޓް ނިމިފައި ނުވާއިރު، މިއީ ބައިބޯ މާލޭގެ އެންމެންވެސް ކަސްރަތުކުރުމަށް ބޭނުން ކުރަމުން އައި ތަނެވެ. މި ތަނުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ހަވާލުކޮށްފައިވަނީ ދެ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެހެންނަމަވެސް އެ މުއްދަތު މިހާރު ފަހަނަ އަޅައި ގޮސްފައިވާއިރު، ނޮވެމްބަރު މަހުގެ އެގާރަވަނަ ދުވަހު އެތަން ހުޅުވަން މަސައްކަތް ކުރައްވާ ކަމަށް ކުޅިވަރު ވަޒީރު ކުރިންވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ޔޫތު މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ކުޅިވަރު ވުޒާރާއިން އެކި ފަރާތްތަކާއި ހަވާލުކޮށްފައިވާ މި ފަދަ އެތައް ޕްރޮޖެކްޓެއް ކުރިންވެސް އެކި ފަހަރު މަތިން އެތައް ދުވަހަކަށް ލަސްވެފައިވާކަމަށް ވެ އެވެ. މި ގޮތުން، މާލޭ ފަތާ ޓްރެކްގެ މަސައްކަތްވެސް ފުރަތަމަ ނިންމަން ކަނޑައެޅި ދުވަސް ފާއިތުވެގެން އެތައް ދުވަހެއްވީ އިރުވެސް އަދިވެސް އެ މަސައްކަތް ވެސް ނުނިމޭ ކަމަށް ވެއެވެ.  

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް