ads
ނަރުދަމާގެ މަސައްކަތްކުރިއަށްދާ ސަރަހައްދު--
ކަނބާ އައިސާ ރަނި ހިނގުމުގެ ބައެއް ގެތަކުން ފާހާނާ އާއި ސިންކް ބޭނުން ނުކުރަން އެދިއްޖެ
މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ "ސްޓްރީޓް ސްކޭޕިން" މަޝްރޫއުގެ ދަށުން ނަރުދަމާގެ މަސައްކަތްތަކެއް ކުރިއަށްދާތީ ކަނބާ އައިސާ ރަނި ހިނގުމުގެ ބައެއް ގެތަކުން ފާހާނާ އާއި ސިންކް ބޭނުން ނުކުރުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އެދިއްޖެ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ސިޓީ ކައުންސިލްގެ "ސްޓްރީޓް ސްކޭޕިން" މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ކަނބާ އައިސާ ރަނި ހިނގުމުގައި ކުރިން އަޅާފައި އޮތް ނަރުދަމާ ހޮޅި އާއި، ފަހުން އަޅާފައިވާ އާ ނަރުދަމާ ހޮޅި ގުޅުވާލުމުގެ މަސައްކަތް މިރޭ ދަންވަރު 12:00 އާއި 02:00 އާއި ދެމެދު ކުރިއަށްދާނެ ކަމަށެވެ.

އެހެންކަމުން މިރޭ ދަންވަރު މަސައްކަތް ހިނގަމުންދާ ވަގުތު ސިންކް އާއި ފާހާނާ ބޭނުން ނުކުރުމަށް އެމްޑަބްލިއުއެސްސީ އިން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.

މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ "ސްޓްރީޓް ސްކޭޕިން" މަޝްރޫއުގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމާއި، ޓްރެފިކްގެ މައްސަލަތަކަށާއި، ފެންބޮޑުވުމުގެ މައްސަލަތަކަށް ހައްލެއް ގެނައުމުގެ ގޮތުން މާލޭގެ މަގުތައް ވަކި ގޮތަކަށް ތަރުތީބު ކުރުން ހިމެނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް