ads
ޝަހީދު ހުސެއިން އާދަމް ބިލްޑިންގް -- ފޮޓޯ: ފުލުހުން
ފުލުހުން މީހަކަށް އަނިޔާކުރި މައްސަލަ އެޗްއާރުސީއެމުން ބަލަނީ
އައްޑޫ ސިޓީ ފޭދޫގައި ފުލުހުން މީހަކަށް އަނިޔާކުރާ މައްސަލައެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

އެޗްއާރުސީއެމުން ބުނީ ފުލުހުންގެ ހައްޔަރަށް ގެންދިއުމަށް ފަހު މީހަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ ޝަކުވާއެއް ލިބިފައިވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އެގޮތުން އެ މައްސަލަ ބަލަމުން ދަނީ އެންޓި ޓޯޗާ އެކްޓް 2013 ގެ ދަށުން ކަމަށް ވެސް ބުނެ އެވެ. 

އެ މައްސަލަ ފެންމަތިވެ ފުލުހުން ވެސް ވަނީ އިންޓާނަލީ ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށާއި އަދި މިނިވަން މުވައްސަސާތަކުން ކުރިއަށް ގެންދާ ތަހުގީގުތަކަށް ވެސް ފުލުހުން އެއްބާރުލުންދޭނެ ކަމަށް ބުނެފަ އެވެ. 

އެކަމެއް ހިނގާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ ރޭގަނޑު 11:00 ހާއިރު ކަމަށް މައުލޫމާތު ލިބެ އެވެ. 

އެކަން ބަލައިދިނުމަށް އެދި ކަމާއި ބެހޭ އިދާރާތަކަށް އެ އާއިލާއިން ފޮނުވި ސިޓީގައި ބުނެފައި ވަނީ އޭނާ ފޭދޫގެ މަގެއްގެ މަތީގައި ހުއްޓާ ފުލުހުންގެ އޮފިސަރުންތަކަކަށް ފެނިގެން ގަން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބިޑި އެޅުވުމަށްފަހު، އޭނާގެ ގައިގައި ތަޅާފައިވާ ކަމަށެވެ. އަދި ޖިސްމާނީ އަނިޔާދީ، އޭނާގެ ކަންފަތް މަތީގައި ތަކުރާރުކޮށް ޖަހައި، އެތަނުގައި ތިބި ފުލުހުންގެ އޮފިސަރުންތަކެއް ބެޑް ޝީޓެއް ހިފައިގެން އައިސް، ބެޑް ޝީޓުން އައްސައި އެކޮޅުކޮޅުން ބާއްވާނެ ކަމަށް ބުނެ ބިރު ދެއްކި ކަމަށެވެ. 

އަދި އޭނާގެ ގައިގާ ތަޅަން ޖެހުނު ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ "އެނާޖީ ވޭސްޓްވާތީ" ކަމަށް އޮފިސަރުން ބުނެފައިވާ ކަމަށް އާއިލާގެ ސިޓީގައި ބުނެ އެެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް