ads
ޓެސްޓުން ސުމެއް ލިބުނު މީހަކަށް ވެސް ގޫގުލްގެ ސީއީއޯ ކުރީ ތައުރީފް!
ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީއަކީ މިއަދު ދުނިޔޭގެ އެންމެ ވަރުގަދަ ދިހަ ޓެކް ލީޑަރުން އަދި ސައިންޓިސްޓުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. ގިނަ ބައެއްގެ ސަމާލުކަން ސުންދަރަށް މި ފަހަރު މި ލިބުނީ މީގެ އަހަރުތަކެއް ކުރިން ކޮންޓަމް ފިޒިކްސް އިން ސުމެއް ލިބުނު ޒުވާން އަންހެނަކަށް އޭނާ ތައުރީފް ކުރުމާއި ގުޅިގެންނެވެ.

ސަރަފީނާ ނަންސޭ ނަމަކަށް ކިޔާ އެ އަންހެން މީހާއަކީ ޔުނިވަސިޓީ އޮފް ކެލިފޯނިއާއިން އެސްޓްރޯފިޒިކްސްގެ ރޮނގުން ކިޔަވަމުން އައި 26 އަހަރުގެ ޒުވާނެކެވެ.

އެގޮތުން އެ ވާހަކަތައް ހިއްސާކޮށް އޭނާ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މީގެ ހަތަރު އަހަރު ކުރިން އޭނާއަށް ކޮންޓަމް ފިޒިކްސުން ލިބުނީ ސުމެއް ކަމަށާއި އެހެންވެ ޕްރޮފެސަރާ ބައްދަލުކޮށް ފިޒިކްސް ކިޔެވުން ހުއްޓާލާ އިތުރު އެހެން ކަމަކުން ކުރިއަށް ދާން ހިޔާލު ހޯދި ކަމަށެވެ. އެކަމަކު އެގޮތަށް ކަންތައް ނުކޮށް އިތުރަށް ހަމަ އެ ދާއިރާއިން ކުރިއަށް ދާން ނިންމި އެވެ.

އޭނާ ބުނި ގޮތުގައި މިއަދު އޭނާއަކީ އެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވަމުން އަންނަ ފަރާތެކެވެ. އަދި އެ ދާއިރާއިން ވަނީ ދެ ރިސާޗު ޕޭޕާރު ވެސް ޝާއިއުކޮށްފައި ކަމަށް ބުންޏެވެ.

އެ އަންހެން މީހާ އިތުރަށް ބުނެފައި ވަނީ ސްޓެމްއަކީ ކިޔަވަން އުނދަގޫ އެއްޗެއް ކަމަށެވެ. އެގޮތުން ލިބޭ ގްރޭޑު ދަށްވުމަކީ އެކަން ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ބުންޏެވެ.

އެމީހާގެ ޓްވީޓް ރިޓްވީޓްކޮށް ސުންދަރު ބުނެފައި ވަނީ އެއީ ވަރަށް އިންސްޕަޔާވާ އަދި ވަރަށް ރަނގަޅު ވާހަކައެއް ކަމަށެވެ.

ސަރަފީނާއަކީ އުރަމަތީ ކެންސަރާ ހަނގުރާމަކޮށް އެކަމުން ސަލާމަތްވެފައިވާ ފަރާތެކެވެ. އޭނާގެ އެވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އެމީހުންގެ ތަޖުރިބާތައް ހިއްސާކުރި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް