ads
މޫސުން ގޯސް ދުވަހެއްގައި ފެރީ ދަތުރުކުރަނީ-- ފޮޓޯ: ވީނިއުސް
ކ. އަތޮޅުން ލ. އަތޮޅަށް ވައިޓް އެލާޓް ނެރެފި
ކ. އަތޮޅުން ލ. އަތޮޅަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް، ކ. އަތޮޅުން ލ އަތޮޅަށް ނެރެފައި ވަނީ މިއަދު 17:40 އިން ފެށިގެން 22:30 އަށެވެ. އެ ސަރަަހައްދަށް ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. 

މެޓުން ބުނީ ވައިޖެހޭނީ އާންމުގޮތެއްގައި މަޑުން އުތުރާއި އިރުއުތުރުން، ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން އުޅޭނީ 2-4 ފޫޓާ ދެމެދުގައި ކަމަށް މެޓުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް