ads
ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލް ގައްޔޫމް އަދި މުހައްމަދު ނަޝީދު-- ފޮޓޯ: ރައީސް އޮފީސް
ނަޝީދުގެ ވާހަކަތަކަށް މައުމޫން ރައްދުދެއްވައިފި
ފުވައްމުލަކު ސިޓީ ކައުންސިލާއި ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައީސް މައުމޫން ރައްދުދެއްވައިފި އެވެ.

މި ޖަލްސާގައި ނަޝީދު ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ފެށުނީ، ނުވަތަ ޕާލިމެންޓެއް އުފެދި ރަނގަޅަށް ހިނގާން ފެށުނީ 1959 ވަނަ އަހަރު އުފެދުނު ޔުނައިޓެޑް ސުވެދައިވްގެ ވެރިކަމުގައި ކަމަށެވެ. 

ނަޝީދު ވިދާޅުވީ 1959 ވަނަ އަހަރުން 1963 ވަނަ އަހަރުގެ ނިޔަލަށް އުފެދިފައި އޮތް ސުވަދިވްގެ ވެރިކަމުގައި ރާއްޖޭގެ ޖަޒީރާ ގައުމުތަށް ކުރިއަށްގެންދާނެ ވިސްނުމެއް ދިވެހިންގެ ތެރޭގައި އުފެދިގެން ދިޔަ ކަމަށެވެ. 

އަދި އެވިސްނުމަކީ ހަމައެކަނި ދެކުނު އަތޮޅުތަކުގެ މެދުގައި އުފެދުނު ވިސްނުމެއް ނޫން ކަމަށާއި، ރާއްޖޭގެ ވެރިކަމުގެ ނިޒާމި އިސްލާހުވަމުން، ރަނގަޅުވަމުން އައިސްފައި އޮތީ، ސުވަދިވްގެ ވެރިކަމުގެ ތެރެއިން ކަމަށް ނަޝީދު ވިދާޅުވި އެވެ.  

މިވާހަކަތަކަށް ރައީސް މައުމޫން ދެއްވި ރައްދުގައި އެމަނިކުފާނުވަނީ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ބޭނުމެއްގައިވެސް އެއްވެސް މީހަކު ދައްކައިގެން ނުވާނެ ވާހަކަފުޅެއްކަމަށް ވިދާޅުވެފައެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، ގައުމީ ބިމުގެ ވަހްދަތަކީ ގައުމުގެ ސިޔާދަތުގެ ވަރަށް މުހިންމު ބައެއް ކަމަށާއި، އެހެންކަމުން ގައުމީ ބިން ފޮތިފޮތިވާފަދަ މަހްފޫމަކަށް ތާއީދު ލިބޭފަދަ މޭރުމަކުން ވާހަކަ ދެއްކުމަކީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. 

ސުވަދީވަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅު އިނގިރޭސިންނާ ބައިވެރިވެގެން އުފެއްދި ސަރުކާރަކަށް ކިޔާ ނަމެކެވެ.  

70%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް