ads
ހޯމް މިނިސްޓަރ އިމްރާންއާއި ސީޕީ ހަމީދު
އަންނަ އަހަރު އަތޮޅު ތެރޭގައި 50 ޕޮލިސް ސްޓޭޝަން އަޅަނީ
އަތޮޅު ތެރޭގައި ހިންގޭ ކުށްތައް މަދުކޮށް އަމާން މާހައުލެއް ގާއިމުކުުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަންނަ އަހަރު މާލޭގައި 50 ޕޮލިސް ސްޓޭޝަނެއް ގާއިމުކުރަން ނިންމައިފި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޕީއެސްއެމްއަށް ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގައި 50 ޕޮލިސް ސްޓޭޝަން ގާއިމުކުރެވިގެން ދިއުމާއެކު ފުލުހުންގެ ހިދުމަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ.

މިނިސްޓަރު އިމްރާން ވަނީ މަޖިލީހުން މިހާރު އެކުލަވާލާފައިވާ ފުލުހުންގެ ބިލާއެކު ފުލުހުންގެ މުވައްސަސާއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި ހާއްސަކޮށް ހިންގުމުގެ ދާއިރާއަށާއި ބޮޑެތި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ ބާރާއި އިހުތިޔާރު ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގެ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު އިސްކަމެއްދޭ ކަމަށާއި އެގޮތުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެ މަސައްކަތުގެ ދަށުން 50 ޕޮލިސް ސްޓޭޝަނެއް އެލުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހިނގަމުންދާ ދެ އަހަރުގެ ތެރޭގައި ވަނީ ހަ ޕޮލިސް ސްޓޭޝަނެއް ގާއިމުކޮށްފަ އެވެ. އަދި ފާއިތުވެދިޔަ ފަނަރަ ނުވަތަ ހަ ވަރަކަށް އަހަރުގެ ތެރޭގައި ވެސް އަތޮޅު ތެރޭގައި ގާއިމުކުރެވުނީ 15 ވަރަކަށް ޕޮލިސް ސްޓޭޝަންކަމުން އިތުރަށް 50 އަކަށް ޕޮލިސް ސްޓޭޝަން އެޅުމުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ފަސޭހަވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ. 

އޭގެ އިތުރުން މިނިސްޓަރު އިމްރާން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތަކީ މި ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މަސައްކަތެއްކަން ފާހަގަކޮށް، މިއަހަރުގެ ތެރޭގައި ވެސް ބޮޑެތި އޮޕަރޭޝަންތަކެއް ހިންގާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަން ފާހަގަކުރައްވާފަ އެވެ.

އަދި ކުށްކުރާ ފަރާތްތަކަށް ޖަލުގައި އަދަބު ދިނުމުގެ ސިޔާސަތަކީ މި ސަރުކާރުން ތާއިދުކުރާ ސިޔާސަތެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ ކުށްކުރާ މީހުންނަށް ރިހެބިލިޓޭޝަން ޕްރޮގްރާމުތައް ޖަލުގައި ހިންގުންކަމަށެވެ. އެކަމަކު މިވަގުތު ޖަލު އޮތް ގޮތުން އެކަންކުރުމުގައި ދަތިވެފައިވާ ކަމަށާއި އެކަމަކު ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެ މަަސައްކަތް ފުޅާކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް