ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ފޮރިން މިނިސްޓްރީ
ޔޫރަޕުގެ މާކެޓުގައި ރާއްޖޭގެ މަހުގެ ވިޔަފާރި ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި
ޔޫރަޕުގެ މާކެޓުގައި ރާއްޖޭގެ މަހުގެ ވިޔަފާރި ފުޅާކުރުމާއި ގުޅޭގޮތުން އަޔަލޭންޑް ފޮރިން މިނިސްޓަރާއި އެކު، މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މިއަދު މިިނިސްޓަރު ޝާހިދު، އަޔަލޭންޑުގެ ފޮރިން މިނިސްޓަރަށް ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. 

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޯނު މެދުވެރިކޮށް ކުރެއްވި މަޝްވަރާތަކުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހުކުރުމުގެ ގޮތުންނާއި އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު ކަމަށެވެ. 

އަދި މީގެ އިތުރުން ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާކުރުމަށް މަޝްވަރާ ކުރެވުނުކަމަށްވެސް މިިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. އެގޮތުން ޔޫރަޕުގެ މާކެޓަށް ރާއްޖެއިން މަސް އެކްސްޕޯޓް ކުރުމުގައި ޑިއުޓީ ފްރީކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މިހާރު މަސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބާނާ މާސްކޮޅު ނުކިރި ގިނަ ދުވަހު ތިބެން ޖެހުމާއި، މަސް ކިރުމަށްފަހު ލާރި ނުލިބި ގިނަ ދުވަސް ހޭދަވާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް