ads
ސަލާހް
ސަލާހް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވީކަން އެނގުނީ ގައުމީ ޓީމާއެކު ހުއްޓައެވެ.

މިސްރުގެ ގައުމީ ޓީމާ އެކު، އެފްރިކަން ނޭޝަންސް ކަޕް ކޮލިފައިންފައި ޓޯގޯއާ ދެކޮޅަށް ކުޅެން ޖެހޭ މެޗައް ތައްޔާރުވަމުން އަންނަނިކޮށެވެ. ސަލާހް ޕޮޒިޓިވް ވީކަން އެނގުނީ ހުކުރު ދުވަހުއެވެ. 

ކޮވިޑަށް ޕޮޒިޓީވް ވީނަމަވެސް އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަކަމަށް މިސްރުގެ ފުޓްބޯޅަ ފެޑެރޭޝަނާ ހަވާލާދީ މީީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ސަލާހްގެ ހާލުވެސް ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މިސްރާ ޓޯގޯ ވާދަކުރާ އެފްރިކަން ނޭޝަންސް ކަޕްގެ ކޮލިފައިން މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް