ads
ކަނޑިންމަ ރިސޯޓް--
ރިސޯޓްތަކުން ޕޮޒިޓިވްވި މުވައްޒަފުންގެ އަދަދު 133 ކަށް
ރިސޯޓްތަކުން ޕޮޒިޓިވްވި މުވައްޒަފުންގެ އަދަދު 133 ކަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކުރި އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކާގޮތުގައި ރިސޯޓްތަކުން ޕޮޒިޓިވްވި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 55 އަރާފައެެވެ. އަދި ރިސޯޓްތަކުގައި މަސައްކަަތްކުރާ 133 މުވައްޒަފަކަށް ކޮވިޑް ޖެހިފައިވާއިރު މިހާތަނަށް 25 ރިސޯޓަކުން ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުން ފެނިފައެވެ.  

އާއިއެކު ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރިސޯޓްތަކުން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިވަނީ 188 އަށް އަރާފައެވެ. މިއަދަދު މައްޗައް އަރާފައިމިވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ ރިސޯޓްތަަށްވެސް ހުޅުވާލިތާ ފަސް މަސް ފަހުންނެވެ. ބޯޑަރު ހުޅުވާލުމަށްފަހު ރިސޯޓްތައް ހުޅުވާލިފަހުންވެސް ކޮވިޑް-19 ގެ އަދަދުތައް ގިނަ ދުވަސްތަކަކަށް ހިފެހެެއްޓިފައި ހުރިކަން ފާހަގަކުރިފައިވެއެވެ. 

ރިސޯޓްތަކުން ފެންނަ ކޭސްތައް މަތިވެފައި މިވަނީ ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރި އުމުރުން 60 އަހަރުގެ މުވައްޒަފަކު ކޮވިޑް-19 ޖެހިގެން މަރުވުމާއި ގުޅިގެން ހެދި ސާމްޕަލްތަކުން ގިނަ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ އެވެ. މިހާތަނަށް އެ ރިސޯޓްގައި މަސައްކަތްކުރާ 41 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ ރިސޯޓްއިން ފެނުނު ކޮވިޑް-19 ކޭސްތަކާއި ގުޅިގެން އިހްމާލުވެފައިވާތީ އެ ރިސޯޓުގެ ހުއްދަ މިހާރު ވަނީ ހިފަހައްޓާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 50،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައެވެ.   

މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ފިޔަވައި އެހެން ރަށްރަށުގެ ގެސްޓްހައުސްތައް އޮކްޓޫބަރު 15 ވަނަ ދުވަހު އަލުން ހުޅުވާލާފައިވާއިރު ރާއްޖޭގެ ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ރިސޯޓު އަދި ސަފާރީގައި ވެސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުދޭން ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ވަނީ ދެހާހަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް