ads
މީގެ ކުރިން މެލޭޝިއާއަށް ފުރި ދިވެހި ކިޔަވާކުދިންތަކެއް-- ފޮޓޯ: މުހައްމަދު ފިރާގު--
މެލޭޝިއާއަށްދާ މީހުންގެ ކަރަންޓީނު ފީ ދައްކަން ލުއި ގޮތެއް
ރާއްޖެއިން މެލޭޝިއާއަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނު ފީ އޮންލައިންކޮށް ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ.

މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ބުނި ގޮތުގައި މެލޭޝިއާއަށް ދަތުރު ކުރާ ފަރާތްތަކުގެ ކޮވިޑް-19 ޓެސްޓަށާއި ކަރަންޓީނު ވުމަށް ދައްކަންޖެހޭ ފައިސާ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ދެއްކޭނެ ގޮތް މެލޭޝިއާގެ ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

އެހެންކަމުން މެލޭޝިއާ އަށް ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރަން ފެށުމުގެ ކުރިން ފައިސާ ދެއްކުމަށާއި، މެލޭޝިއާ އަށް އާދެވުމާއި އެކު އެއާޕޯޓްގެ ކަމާބެހޭ ފަރާތްތަކަށް ފައިސާ ދައްކާފައިވާ ކަމުގެ ލިޔުން ހުށަހަޅަންޖެހޭނެ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ. 

ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުން އަންނަ މެލޭޝިއާގައި ކަރަންޓީނު ފީ ބޮޑުވެގެން މީގެ ކުރިން އެކަމުގައި އެހީތެރިކަން ހޯދުމަށް އެދި ދިވެހި ކިޔަވާކުދިން ވަނީ ސަރުކާރުގެ އެހީއަށް ވެސް އެދިފަ އެވެ. 

އެގޮތުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތަށް 4700 މެލޭޝިއަން ރިންގިޓް ދައްކަން ޖެހޭއިރު އެއީ ދިވެހި ފައިސާ އިން ބަލާނަމަ 17,362 ރުފިޔާ އެވެ. އެ ފައިސާއަކީ އެގައުމަށް ދިއުމަށް ފަހު، ކަރަންޓީނުގެ މުއްދަތު ހަމަވުމުން ހަދަން ޖެހޭ ކޮވިޑް ޓެސްޓްގެ ފައިސާ އާއި ކަރަންޓީން ސްޓޭޝަންގެ އޮޕަރޭޝަންތަކުގެ ފައިސާ ނުލާއި ދައްކަން ޖެހޭ އަދަދެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް